ސަރުކާރުގެ އެކި މަގާމުތަކުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ސްލޮޓުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމު ދިފާއު ކުރައްވާ އެމްއާރުއެމް އިން ވަކި ވެއްޖެ އެވެ.

އެމްއާރްއެމްގެ އިސް މެމްބަރުންގެ ތެރެއިން 8 މެންބަރަކު މިއަދު ވަނީ އެ މީހުން ޕާޓީން ވަކިވާކަން ހާމަކޮށްފައެވެ. އޭގެ ތެރޭގައި ކުންފުނިތަކުގެ ވެރީންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި ސިޔާސީ އެހެން މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނެ އެވެ.

މިއަދު އެމްއާރުއެމް އިން ވަކިވެފައި ވަނީ.

އެބޭފުޅުން އެމްއާރުއެމް އިން ވަކިވެފައި ވަނީ ސަރުކާރުގެ ނިންމުންތަކާ އެމްއާރުއެމް އިން ދެކެމުން އަންނަ ގޮތާއިމެދު ހިތްހަމަ ނުޖެހުން ހުރެއެވެ.

އެމްއާރުއެމްގެ ބައެއް ބޭފުޅުން ޕާޓީން ވަކިވާން ނިންމާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރުމުގެ މައްސަލައިގަ އެވެ. މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އެމްއާރުއެމް ދޫކޮށްލައްވަނީ ރައީސް ސޯލިހުއަށް ތާއީދުކޮށް އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވުމަށެވެ. އަދި މިހާރު އެމްއާރުއެމް ހިނގެވަމުން ގެންދަވާގޮތާ މެދު މިބޭފުޅުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ.