ވެމްކޯ އިން ބަލަމުންދާ ޖިންސީ ފުރައްސާއިގެ މައްސަލައެއްގެ ތަހުގީގަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އޭނާ ރަސްމީ ދަތުރެއްގައި ޗައިނާއަށް ފުރައިފި އެވެ.

ވެމްކޯގެ 'ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ' އިން އޭނާ ސަސްޕެންޑު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތު ދުވަހު އެވެ.

ސަސްޕެންޑް ކޮށްފައި ވަނިކޮށް ސިރަޖު މިވަގުތު ހުންނެވީ ވެމްކޯގެ ޓީމަކައި އެކު ޗައިނާގައި އެވެ. އަދި އޭނާ ސަސްޕެންޑުކޮސްފައިވަނިކޮށް އެދަތުރުގައި ބައިވެރިވީ ކީއްވެގެންކަމެއް ވެމްކޯއިން ހާމަ އެއްނުކުރެ އެވެ. އަދި ވެމްކޯގެ ޓީމައި އެކު ސިރާޖު އުޅުއްވަނީ ކޮންބޭނުމެއްގައި ކަމެއްވެސް ވެމްކޯއިން ހާމަ އެއް ނުކުރެއެވެ.

ވެމްކޯގެ އޮފިޝަލަކު ވިދާޅުވީ ޖިންސީ ފުރައްސާރައިގެ މައްސަލައިގެ ތެރެއަށް ސިރާޖު ވަންނަވައި މައްސަލަ ބަލާ ކޮމިޓީއަށް ބަދަލު ގެންނަވާފައިވާ ކަމަށެވެ. ވަނީ ބަދަލު ގެންނަވާފަ އެވެ.

އޮފިޝަލް ވިދާޅުވީ މައްސަލަ ބަލާ ކޮމިޓީގެ ޗެއާޕާސަން މަގާމުން ވަކިކުރައްވައި އެ މަގާމަށް އެހެން މީހަކު އޭނާ ހަމަޖެއްސެވި ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޕީސީބީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ޖިންސީ ފުރައްސާރައިގެ އެ މައްސަލައިގައި ސިރާޖުގެ މަސްލަހަތު ހިމެނޭތީ، އެ މައްސަލައިގެ ތެރެއަށް ނުވަނުމަށް ވެމްކޯގެ ބޯޑުން ނިންމި ނަމަވެސް، އެ ނިންމުމާ ސިރާޖް ހިލާފުވެފައިވާ ކަމަށެވެ.

މުސާރަ އާއި އިނާޔަތްތަކާއެކު ސިރާޖު ސަސްޕެންޑުކޮށްފައި ވަނީ ދެ ހަފުތާގެ މުއްދަތަކަށެވެ.