ފޯނެއް ގަތުމަށް ވަގު ޑޮލަރު ދިން މީހަކު 38،400 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ފަހު މުޖުތަމައަށް ހިދުމަތް ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އައިފޯނު 14 ޕްރޯ މެކްސްއެއް ގަންނަން 1500 ޑޮލަރުގެ ވަގު ނޫޓު ދިން މައްސަލައިގައި ދައުލަތުން އުފުލި ދައުވާއަށް އެ މީހާ ވަނީ އިއުތިރާފުވެފަ އެވެ.
މައްސަލައިގައި ކޯޓުން ހުކުމްކުރީ އޭނާ ތަންފީޒު ކުރަންޖެހޭ ނުވަ މަހާއި 12 ދުވަހުގެ ޖަލު އަދަބުގެ ތެރެއިން ހަ މަހާއި 12 ދުވަހުގެ އަދަބު ޖޫރިމަނާއަކަށް ބަދަލު ކުރުމަށެވެ. އަދި ބާކީ އޮތް ތިން މަހުގެ އަދަބު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބަކަށެވެ.
އެހެންވެ އެނާގެ މައްޗަށް ވަނީ 38،400ރ. އިން ޖޫރިމަނާކޮށް 480 ގަޑިއިރު މުޖްތަމައަށް ހިދުމަތް ކުރުމަށް ހުކުމް ކޮށްފައި އެވެ.
ޖޫރިމަނާ ފައިސާ ހަ މަސް ތެރޭގައި މީރާ އަށް ދައްކަން ވަނީ އަންގައިފަ އެވެ.
އެ މީހާ ވަނީ ތަހުގީގު މަރުހަލާގައިވެސް 30 ދުވަސް ބަންދުގައި ހޭދަކޮށްފަ އެވެ.

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ ގެންގުޅުނު މީހާ ދޫކޮށްލައިފި
ދިގުރަށުގައި ބޮޑު އަލިފާނުގެ ހާދިސާއެއް: ފަސް މަރު
ރޯދަ މަހު ކެއިންބުއިމުގައި މޭވާ ހިމަނަންވީ ގިނަ ސަބަބުތަކެއް!
