ސްޓާ ޕްލަސް އިން ދައްކާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ނައިރާގެ ރޯލް ކުޅެގެން ގިނަބައެއްގެ ލޯބި ހޯދާފައިވާ ބަތަލާ ޝިވާންގީ ޖޯޝީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެ އެވެ.

25 އަހަރުގެ ބަތަލާ ޝިވާންގީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަމުން ދަނީ ކަނޑިންމަ ރިސޯޓްގައި އެވެ. ޝިވާންގީ ޗުއްޓީ ހޭދަކުރަމުންދަނީ އޭނާގެ އާއިލާ މެންބަރުނާއެކު އެވެ. މިދަތުރުގައި އޭނާގެ އުފަންދުވަސްވެސް ރާއްޖޭގައި ފާހަގަ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޝިވާންގީ އަންނަނީ އޭނާގެ އިންސްޓަގްރާމްގައި ރާއްޖޭގައި ނަގާފައިވާ ރީތި ފޮޓޯތައް ހިއްސާ ކުރަމުންނެވެ.

ޝިވާންގީ ޖޯސީ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއް

ޝިވާންގީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިހާރު ކަލާޒް ޓީވީން ދައްކަމުންދާ ސިލްސިލާ "ބޭގާބޫ"ގެ ހާއްސަ ރޯލަކުންނެވެ. އޭގައި އޭނަ ފެނުނީ ޕަރީއެއްގެ ރޯލުންނެވެ.

ޝިވާންގީ ވަނީ 2016 އިން ފެށިގެން 2021 އަށް "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގައި ނައިރާގެ ރޯލު އަދާކޮށްފަ އެވެ. އޭގެ ފަހުން އެސިލްސިލާއިން ވަކިވުމަށްފަހު ޝިވާންގީ ވަނީ ކާލާޒް ޓީވީން ގެނެސްދޭ ރިއަލިޓީ ޝޯ " ހަތުރޯން ކޭ ކިލާޅީ" ގެ ސީޒަން 12 ގައި ވަނީ ބައިވެރިވެފަ އެވެ.