ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެންމެ ކާމިޔާބު ބޮލީވުޑް ތަރިއެއްގެ ގޮތުގައި އަނުޝްކާ ޝަރްމާ ހިމެނެ އެވެ.

ގިނަ ބައެއްގެ ލޯބި ޝްރައްދާ ހޯދާފައިވާއިރު، ފޭނުން އަބަދުވެސް އަނުޝްކާއަށް އެންމެ ކަމުދާ އެއްޗެތީގެ މައުލޫމާތުތައް ހޯދާކަމީ ޝައްކެއް ވެސް ނެތް ކަމެކެވެ.

އެގޮތުން އަނުޝްކާއަށް އެންމެ ކަމުދަނީ ކޮން ވައްތަރެއްގެ ސެންޓުތަކެއްތޯ ވެސް ގިނަ ބަޔަކު އެކްޓްރެސްއާ ސުވާލުކޮށްފައިވެ އެވެ. އެ ސުވާލަށް އަނުޝްކާ ޖަވާބުދީފައިވާއިރު، އޭނާއަށް އެންމެ ކަމުދަނީ "ޑޯލްސް އެންޑް ގަބާނާ ލައިޓް ބްލޫ" ބްރޭންޑްގެ ސެންޓު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އަނުޝްކާއަށް މި ސެންޓު ކަމުދާކަމަށް އެތައް ފަހަރަކު އޭނާ ބުނެފައިވެ އެވެ. މި ސެންޓު 59 ޑޮލަރަށް ލިބެން ހުރެ އެވެ.

ފިލްމީ ތަރި އަނުޝްކާ މަޝްހޫރުކަމުގެ އިތުރުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ.

އެކްޓުކުރުމުގެ ހުނަރުގެ އިތުރުން އޭނާގެ މިޒާޖަކީވެސް ގިނަ ބައެއްގެ ތައުރީފު ލިބިފައިވާ އެއްޗެކެވެ. އަނުޝްކާގެ ހިތްތިރިކަމާއި އެކުވެރި މިޒާޖަކީ އާންމުންނަށް ވަރަށް ގިނައިން ފެންނަން ލިބޭ މަންޒަރުތަކެކެވެ.