އެޓަނީ ޖެނެރަލް އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސޮއިކުރުމުން އެ މައްސަލަ ޕާޓީގެ ސުލޫކީ ކޮމެޓީއަށް ހުށަހަޅައިފި އެވެ.

ބަންޑާރަ ނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ އިދިކޮޅު ޕީޕީއެމް،ޕީއެންސީ ކޯލިޝަންގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުންނާއި ޖުމްހޫރީގެ ޕާޓީ އާއި އެމްއެންޕީގެ ޕީޖީގެ ގުޅިފައިވާ ކޯލިޝަނަކުންނެވެ.

އެމްޑީޕީގެ ޗެެއާޕާސަންގެ ނައިބު އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ އެމްޑީޕީގެ އަސާސްތަކާއި، އުސޫލުތަކާ ހިލާފްވާ މެމްބަރުންނާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ޗާގޯސް މައްސަލާގައި ސަރުކަރުން ވަކި ގޮތެއް ނިންމާފައިވަނިކޮށް މެމްބަރުން އިދިކޮޅު ފަރާތްތަކާއި ގުޅިގެން ކުރަމުންގެންދާ މަސައްކަތްތައް ބަލައި އަޅަން ޖެހޭ ފިޔަވަޅު އާޅަނެ ކަމަށްވެސް އިބުރޭ ވިދާޅުވި އެވެ.

މީގެ އިތުރުން ޕާޓީގެ މެމްބަރުން ކަނޑައަޅަފައިވާ ރިޔާސީ ކެންޑިޑޭޓަކަށް ތާއިދު ނުކޮސް އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދުވެސް ފިޔަވަޅު އަޅަނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައި އެވެ.

ބަންޑަރަނައިބުގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައި ވަނީ 15 މެމްބަރުންގެ ސޮޔާއެކު އެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮށްފައިވާ ޓުވީޓެއްގައި ވަނީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ލިބިފައިވާ ކަމަށާއި މި މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ ކަމަށެވެ.