ޑްރޯންއެއް ބޭނުން ކޮށްގެން ކ. ހިންމަފުށީ އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް އަތުލައިގެންފި އެވެ.

ކޮމިޝަނާ އޮފް ކަރެކްޝަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވީ ޑްރޯން ބޭނުންކޮށްގެން މިއަދު ހެނދުނު އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް ކަރެކްޝަންސްގެ އޮފިސަރުން އަތުލައިގެންފައިވާ ކަމަށެވެ.

ޖަލަށް ވައްދަން އުޅެނިކޮށް އަތުލާގަތް މަސްތުވާ ތަކެތި

އޭނާ ވިދާޅުވީ އެ ޑްރޯން އިން ޖަލަށް އެތެރެކުރަން އުޅުނީ މަސްތުވާތަކެތި ހުރި ފަސް ބުލެޓް ކަމަށެވެ. އެ ތަކެތީގެ ބަރުދަނުގައި 29 ގްރާމް ހުރިކަމަށް ވިދާޅުވި އެވެ. އެއާ އެކު ފަސް ސިމް ކާޑު ވެސް އަތުލައިގަތް ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

ޑްރޯންއެއް ބޭނުން ކޮށްގެން ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް އަތުލާގެންފައިވާއިރު، މިދިޔަ ހުކުރު ދުވަހު ހިންމަފުށި އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުން ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.