ޗާގޯސް މައްސަލާގައި ނިންމި ނިންމުމާމެދު ހުރި ކަންބޮޑުވުންތަކާއެކު ރާއްޖޭގެ އިލްމުވެރިންގެ ގުޅުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އިލްމުވެރިންގެ ގުޅުމުން ވަނީ ޗާގޯސް މައްސަލާގައި ރައީސް ސޯލިހުއަށް ތިން ކަމެއް ހުށަހާޅާފަ އެވެ.
އެގޮތުން ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމެޓީ 241 ކޮމެޓީއަށް ހިއްސާކުރުމާ އިޓްލޮސް އިން ނިންމި ނިންމުން މުރާޖައާ ކުރަން ހުށަހެޅުމުގެ އިތުރުން އެމައްސަލާގައި ސަރުކާރާ އަދި އިދިކޮޅު ފަރަތްތަކާއި އެކު އާންމު ބަހުސްއަކަށް ދިއުމަށް ވަނީ އެދިފަ އެވެ.
މިބައްދަލުވުމުގެ ތަފްސީލް އެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.
ރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި މޮރިޝަޝްގެ ބޮޑުވަޒީރަށް ފޮނުއްވި ކަމަށް ބުނެ އާންމުވެގެން އުޅެނީ އެމަނިކުފާނު ފޮނުއްވި ސިޓީއެއް ނޫން ކަމަށް ރައީސް ވެސް ވަނީ ވިދާޅުވެފައި އެވެ.
ރައީސް ވިދާޅުވީ އެ ސިޓީއަކީ ޗާގޯސްއަކީ އިނގިރޭސީންގެ ތަނެއް ކަމަށް ރާއްޖެއިން ދެން ނުބުނާނެކަން އެންގުން ކަމަށާއި ކުރިން ޗާގޯސް، މޮރިޝަސްގެ ބާރުގެ ދަށަށް ގޮސްފައި އޮތުމާއެކު ފޮނުއްވި ސިޓީފުޅެއް ކަމަށެވެ. އެ ސިޓީއަކީ އިމުގެ މައްސަލައާ ގުޅިގެން ފޮނުއްވި ސިޓީއެއް ނޫން ކަމަށާއި އެއީ ދެ މައްސަލައެއް ކަމަށް ރައީސް ވިދާޅުވި އެވެ.