އަޖޭ ދޭވްގަން ފުލުހެއްގެ ރޯލު ކުޅޭ "ސިންގަމް" ސީރީޒްގެ ތިން ވަނަ ފިލްމު "ސިންގަމް އެގެއިން"ގައި އެކްޓަރު ވިކީ ކޯޝަލް ފެނިގެންދާނެ ކަމަށ ރިޕޯޓްތައް ބުނެފި އެވެ.
ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގެ ފިލްމު "ސިންގަމް އެގެއިން" ފިލްމުގެ މަސައްކަތް ފަށާފައިވާއިރު މިފިލުމުގައި ފުލުހެއްގެ ރޯލުން ވިކީ ފެނިގެދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ވިކީ އާއި ރޯހިތު ފިލްމަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަތާ މިހާރު ތިން އަހަރު ވަނީ ވެފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރޯހިތުގެ ކޮޕް ޔުނިވާސް އާ ގުޅޭ ހަތަރު ވަނަ ފުލުސް އޮފިސަރަކަށް ވިކީ ވެގެންދާނެ އެވެ.
"ސިންގަމް އެގެއިން" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. މި ފިލްމުގައި އަޖޭއާ އެކީ ބަތަލާގެ ރޯލުން ފެންނާނީ ދީޕިކާ ޕަދްކޯނެވެ. އަދި މިއީ މި ދެ ތަރިން އެކީގައި ކުޅޭ ފުރަތަމަ ފިލްމެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ "ސިންގަމް" ގޮތަށް ރޯހިތުގެ ކޮޕް ޔުނިވާސްގެ އަނެއް ބަތަލަކީ ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގްކަމެވެ. އޭނައާ އެކީ ރޯހިތު ގެނެސްދިން ކޮޕް ޔުނިވާސްގެ ފިލްމަކީ 2018 ގެ "ސިމްބާ" އެވެ.
ރޯހިތުގެ ކޮޕް ޔުނިވާސްގެ ތިން ވަނަ ކެރެކްޓާ ދައްކުވައިދޭ ފިލްމު "ސޫރިޔަވަންޝީ" ގައި ފެނިގެންދިޔައީ އެކްޝޭ ކުމާރު އެވެ.
އަޖޭ ވަރުގަދަ ފުލުހެއްގެ ރޯލުން ފެނިގެން ދިޔަ އަދި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ސިންގަމް" 2011 ގައި ގެނެސްދިނުމަށް "ސިންގަމް ރިޓާންސް" ގެނެސްދިނީ 2014 ގަ އެވެ. ފުރަތަމަ ފިލްމުގެ ބަތަލާ އަކީ މަދުމަދުން ބޮލީވުޑްގެ ފިލްމުތައް ކުޅޭ އިންޑިއާގެ ދެކުނުގެ ބަތަލާ ކާޖަލް އަގަރްވާލެވެ. ދެވަނަ ބައިގެ ބަތަލާ އަކީ ކަރީނާ ކަޕޫރެވެ.