ރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމާމެދު ސަރުކާރުގެ ނިންމުން ބަދަލުކުރުމަށް ގޮވާލާ ޕެޓިޝަނުގައި ސޮއިކުރުމުގެ ހަރަކާތް މިއަދު އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށް ގެންގޮސްފިއެވެ.

މިހަރަކާތް ކުރިއަށް ގެންދިއުމަށް އިސްކޮށް އުޅެނީ އިދިކޮޅު ކޯލިޝަން އެވެ.

ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހިރާއްޖެ އިން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ނިންމާފައި ވަނީ ރާއްޖެއިން އެދުނު ގޮތަށެވެ.

އެމައްސަލާގައި އިޓްލޮސް އިން މައްސަލަ ނިންމާފައި ވަނީ ސަރުކަރުން ބޭނުންވާ ގޮތަށް ނަމަވެސް އެނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ހިނގައްޖެ ކަމަށް އިދިކޮޅު ފަރަތްތަކުން އަންނަނީ ބުނަމުންނެވެ.

އެކަމާ ދެކޮޅަށް ގިނަ ޕާޓީތަކެއް އެކުލެވޭހެން މިހާރު ވަނީ އިއްތިހާދުވެފައެވެ. އެއިއްތިހާދުން މިއަދު އާޓީފިޝަލް ބޯޗުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ޕެޓިޝަނުގައި ސޮއިކުރިއެވެ.

ކަންޑުވިއްކާލުމާ ދެކޮޅަށް ޕެޓިޝަނުގައި ސޮއިކުރުމުގެ ހަރަކާތް

ޕީޕީއެމް އިން ބުނީ މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ.

ސަރުކަރުން މިމައްސަލާގައި އަމަލު ކުރިގޮތުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު ކަމަށް ބުނެ ސަރުކާރު އެކަމާ ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެމްބަރުން ވަނީ އިދިކޮޅު ކޯލިޝަނާއި އެކު ޖޮއިންޓް ޕާލަމަންޓްރީ ގުރޫޕެއް އުފައްދަފައެވެ.

ކަންޑުވިއްކާލުމާ ދެކޮޅަށް ޕެޓިޝަނުގައި ސޮއިކުރުމުގެ ހަރަކާތް

ޖޮއިންޓް ޕީޖީ ގުރޫޕުން ބުނަމުން އަންނަނީ ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާ ގުޅިގެން ކަމަށެވެ. އެހެންވެ އެ ސިޓީ ހާމަ ކުރުމަށް އަންނަނީ ގޮވާލަމުންނެވެ.