ރިއަލިޓީ ޓީވީ ތަރި ކިމް ކާޑެޝިއަން އާއި ލަވަކިޔުންތެރިިޔާ ކަންޔޭ ވެސްޓް ވަރިވާން އުޅޭ ކަމަށް ބުނާ އަޑު ފެތުރިއްޖެ އެވެ.

މި ދެ މީހުންގެ ގުޅުން ކުރިއަށް ގެންދާނެތޯ ނުވަތަ ނޫންތޯ ނިންމުމަށް މަޝްވަރާ ކުރަމުންދާކަން އެ ދެ މީހުންނާ ގާތް ފަރާތަކުން ވަނީ ސީއެންއެން އަށް ކަށަވަރުކޮށްދީފަ އެވެ.

ހާލަތުގެ ނާޒުކުކަމުން ނަން ހާމަކުރަން ބޭނުންނުވާ ކިމްގެ ރަހުމަތްތެރިޔާ އިތުރަށް ޔަގީންކޮށްދިން ގޮތުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ކަންޔޭ ދިރިއުޅެފައި ވަނީ ޔޯމިންގްގައި ހުންނަ އޭނާގެ ގޭގަ އެވެ. އަދި ކިމް އާއި ދަރިން ތިބީ ކެލިފޯނިއާގަ އެވެ.

"އެ ދެ މީހުން ދަނީ ކައުންސެލިން ވެސް ނަގަމުން. ވަރިވާ ވާހަކަ ވެސް އެބަދެކެވޭ،" އޭނާ އިތުރަށް ބުނެފައިވެ އެވެ.

އެހެން ފަރާތަކުން ބުނީ މިދިޔަ އަހަރު ވެސް ދޭތެރެއަކުން ވަރިވާ ވާހަކަދައްކާ ކަމަށާއި އެހެން ނަމަވެސް އެ ނިންމުމާއިގެން ކުރިއަށްދާން ކިމް ބޭނުން ނުވި ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ކިމް މިހާރު ވަނީ ޑިވޯސް ލޯޔަރެއް ކަމަށްވާ ލޯރާ ވެސާ ހަޔާ ކޮށްފަ އެވެ. މީގެ ކުރިން އޭނާ ވަނީ މިހާރު ރިޓަޔާވެފައިވާ އެންބީއޭ ކުޅުންތެރިޔާ ކްރިސް ހަމްފްރީސް އާއި ކިމްގެ ވަރީގައި ވެސް ކިމް ތަމްސީލު ކޮށްދީފަ އެވެ.

ކިމް ވަނީ މީގެ ކުރިން ޑޭމަން ތޯމަސް ކިޔާ މީހަކާ ވެސް ކައިވެނިކޮށްފަ އެވެ. ކަންޔޭ ކުރިން އެންގޭޖްވެފައި ވަނީ އެލެކްސް ފިފާ ކިޔާ ޑިޒައިނަރަކާއި އެވެ.

ކިމް އާއި ކަންޔޭ ކައިވެނިކޮށްފައި ވަނީ 2014 ވަނަ އަހަރު ކުލަގަދަ ހަފްލާއެއްގަ އެވެ. މިހާރު އެ ދެމީހުންގެ ހަތަރު ދަރިން ވެސް އެބަތިއްބެވެ.