ހުޅުމާލޭގައި ރޭ ފުލުހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި 4 މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ރޭ ފުލުހަކަށް ހަމަލާދިން މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ ބަންދަސް މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ހައްޔަރުކުރީ 21 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކާއި 44 އަހަރުގެ މީހެކެވެ.

އެގޮތުން 21 އަހަރުގެ މީހާއަށް 15 ދުވަސް ޖަހަފައިވެ އެވެ. އަދި 33 އަހަރުގެ މީހާ އަށް 5 ދުވަސް އަދި 44 އަހަރުގެ މީހާގެ ބަންދަށް ޖަހާފައި ވަނީ 7 ދުވަހެވެ.

ރޭ ހަމަލާ ދީފައިވާ ފުލުހަކީ ގަލޮޅު ޕޮލިސްގައި މަސައްކަތް ކުރާ ސާޖެންޓެކެވެ.

އެމައްސަލަޢައި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައމަދު ހަމީދު ވަނީ އެ ފުލުސް މީހާއަށް ތައުރީފް ކުރައްވާފަ އެވެ.

ހަމީދު ވިދާޅުވީ އެ ފުލުސް މީހާ ދެއްކެވި ގަދަ ހިއްވަރަށް ސާބަސް ދަންނަވާ ކަމަށެވެ.

އެނގިފައިވާގޮތުގައި އެ ފުލުސް މީހާއަށް އެހާ ބޮޑު އަނިޔާއެއް ނުލިބެ އެވެ.