ހައިވެގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކު މަރުވެއްޖެ އެވެ.

އެ އެކްސިޑެންޓް ހިނގީ ރޭ 12:00 ހާއިރު މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭ ގަ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލެއް ޕިކަޕެއްގައި ޖެހިގެންނެވެ. ސައިކަލް ދުއްވަން އިނީ 43 އަހަރުގެ ފިރިހެނެކެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި މަރުވީ ގ. އަވާޒް، ހަސަން ފައިސަލް އެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާ ވަނީ ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފަ އެވެ.

އެ މަންޒަރު ދުށް މީހަކު "ހުރިހާ" އަށް ބުނީ އެކްސިޑެންޓްވި ސަރަހައްދުގައި އޮތީ ލޭ ކޯރެއް ހެދިފައި ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.