މަޖީދީމަގުގައި ހުންނަ ޑިލައިޓް ފިހާރަ ހިންގާ އިމާރާތުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި އެވެ

އަލިފަނުގެ ހާދިސާ ހިނގާފައި ވަނީ މިއަދު 3:40 އެހާއިރު އެވެ.

އަލިފާން ރޯވެފައި ވަނީ އެ އެޕާޓޤމަންޓުގެ އެންމެ މަތީ ފްލޯގަ އެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު އިން މިހާރު ވަނީ އަލިފާންގަނޑު ނިއްވާލަފަ އެވެ.

މަޖީދީމަގުގައި މިއަދު އަލިފަނުގެ ހާދިސާ ހިނގި އިމާރާތް

އެސަރަހައްދުގައި ހަރަކާތްތެރިވި "ހުރިހާ"ގެ ނޫސްވެރިޔާ ބުނީ މާގިނަ އިރުތަކެއް ނުވެ އެމްއެންޑީއެފް އިން އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. އަދި އަލިފާން ރޯވެފައި ވަނީ އެގޭގެ އެންމެ މަތީ ފްލޯގައި ކަމަށެވެ.

އެސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔަރމަނުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.