ނ. ލަންދޫގައި ކުނި މެނޭޖްކުރުމަށް އެ ރަށު ކައުންސިލުން ގަތް ޕިކަޕެއްގައި ރޯވި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ލަންދޫ ކައުންސިލުން ކުނިމެނޭޖް ކުރަން ގަތް ޕިކަޕުގައި ރޯކޮށްލާފައި ވަނީ ރޭ ފަތިހު އެވެ. ޕިކަޕުގައި ރޯވެ އެއްގޮތަކަށް ވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ ރޭ ފަތިހު 4:22 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެމައްސަލަ ފުލުހުން މިހާރު ބަލަމުންދާ ކަމަށާއި އެހެން ނަމަވެސް އެ މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ނިލަންދޫ އާސް ގެނެސްފައިވާ ޕިކަޕުގައި ރޯވެފައި

ލަންދޫ ކައުންސިލުން ބުނީ ޕިކަޕުގައި ރޯވީ ކައުންސިލް އިދާރާއާ ޖެހިގެން ހުނަނަ ފަޅު ގެއެއްގައި ބާއްވާފައި އޮއްވާ ކަމަށެވެ.

ކައުންސިލުން ބުނީ ޕިކަޕުގައި ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމެއް ނޭނގޭ ކަމަށެވެ.

އެ ޕިކަޕަކީ ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ނިލަންދޫ ކައުންސިލުން 48،000 ރުފިޔާ ހަރަދުކޮށްގެން، އެރަށުގައި ކުނިމެނޭޖް ކުރުމަށް ގެންދިޔަ ޕިކަޕެކެވެ.