ދިވެހި ސިނަމާގައި އެންމެ އުއްމީދީ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ "ނީނާ" އޮގަސްޓް ހަވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒް ކުރުމަށް ނިންމައިފި އެވެ.

އައި ފިލްމްސްއިން ފްރޮޑިއުސްކުރާ މި ފިލްމުގެ އޮފިޝަލް ފޯސްޓަރާއި ޓްރެއިލާ އަދި ޕްރޮމޯޝަނަލް ލަވަވެސް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.

އިއްލެގެ ދެވަނަ ފީޗާ ފިލްމް "ނީނާ"ގައި ފެނިގެންދާނީ މަޝްހޫރު ބަތަލާ ބަތަލާ ނުޒުހަތު ޝުއައިބު (ނުޒޫ) އާއިއެކު މިހާރު ގިނަ ދިވެހި ފިލްމުތަކުން މަޤްބޫލުކަން ހޯދަމުންދާ ފިލްމީ ތަރި ޝަރަފް ޢަބްދުﷲ އެވެ. މީގެ އިތުރުން މަރިޔަމް ޝަކީލާއާއި ކުރީގެ ފިލްމީ ތަރި މަރިޔަމް ރަޝީދާ ވެސް ހަރަކާތްތެރިވާނެއެވެ.

"ނީނާ" މިހާރު އޮތީ ނިމުމުގެ ފަހުގެ މަރުހަލާގައެވެ. ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ މާލެ އާއި ލ އަތޮޅު ގަ އެވެ.

މި ފިލްމަކި 2020 ވަނަ އަހަރު ސްކްރީން ކުރަން ނިންމި ފިލްމެކެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ފިލްމު އެޅުވޭ ގޮތް ނުވެ ފަސްވީ އެވެ.

ފިލްމު ހާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ ތަފާތު ތިން ގޮތަކަށް ނުޒޫ ފެނުމެވެ. ފިލްމުގައި ނުޒޫގެ ކެރެކްޓާއަށް ތައްޔާރުވާން އޭނާ ވަނީ ދެ މަސް ދުވަސް ވަންދެން މާޝަލް އާޓްސް ދަސްކޮށްފަ އެވެ.