މާލެއިން ފުރައިގެން 15 މީހުންނާއެކު ރ. އަތޮޅަށް ދަތުރު ކުރި "އާލާ" ބޯޓު އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފްއިން ބުނީ މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރި "އާލާ" ބޯޓު ދިޔަވެ، މިއަދު 8:42 ހާއިރު އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ބޯޓުން ދަތުރުކުރި މީހުން ސީ އެމްބިއުލާންސްގައި މިހާރު އޭދަފުއްޓަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެ އެވެ.
މިބޯޓަކީ ރ. މަޑުއްވަރީއަށް ނިސްބަތްވާ ބޯޓެކެވެ.
މޫސުން ގޯސްވުމާ އެކު ކަނޑު ގަދަވެ، މި ބޯޓު ދިޔަވަމުންދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައި ވަނީ މިއަދު ފަތިހު 5:22 ގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އޭރު އެ ބޯޓު އޮތީ، ބ. އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބޭރުގަ އެވެ.
ތޫފާން "އަރްނަބް"ގެ ބާރު ގަދަވެ، އިންޑިއާގެ ސްޓޭޓްތަކަށް އެލާޓް
އުމުރާއެކު ފިރިހެނުންގެ ދިރިއުޅުމަށް ވެސް ބަދަލު ގެންނަން ޖެހޭ!
އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމުގެ ކުށުގެ އަދަބު ބޮޑުކުރަނީ
