ބޭނުންވާ ތަކެތި

  • 03 ޓޮމާޓޯ ކިއުބުކޮށް ކޮށާފައި
  • 01 ފިޔާ ކުދިކޮށް ކޮށާފައި
  • ½ ޖޯޑު ކޮތަނބިރި
  • 03 ލޮނުމިދު ކުދިކޮށް ކޮށާފައި
  • 02 މޭޒުމަތީ ސަމުސާ
  • އޮލިވް އޮއިލް
  • 500ގ ބޯންލެސް ކުކުޅު
  • 01 ޖޯޑު ޗީޒް

ތައްޔާރު ކުރާނެގޮތް

  1. 175 ޑިގްރީއަށް އަވަން ހޫނު ކުރަން ޖެއްސާށެވެ.ޓްރޭއެއްގައި ފޮއިލް އަޅާލާށެވެ. ކޮށާފައި ހުރި ޓޮމާޓޯ، ފިޔާ، ¼ ޖޯޑު ކޮތަނބިރި، ލޮނުމިދު އަދި ކުކުޅާއި އެއްކުރުމަށްފަހު މެރިނޭޓް ކުރަން 10 މިނެޓް ބަހައްޓާށެވެ.
  2. އަވަން ރަނގަޅަށް ހޫނުވުމުން ޓްރޭ އަވަނަށް ލުމަށްފަހު ދެފުށުގެ ސޯސްގަނޑު ރަނގަޅަށް ކެކެންދެން ފިހެލާށެވެ. ކޮންމެ ފުށެއްވެސް ގާތްގަނޑަކަށް ހަ މިނެޓް ވަންދެން ބެހެއްޓުމުން ރަނގަޅު ވާނެ އެވެ.
  3. އެއަށްފަހު ކުކުޅުގެ މައްޗަށް ޗީޒް އަޅާށެވެ. އަދި އިތުރު ދެ މިނެޓް ވަންދެން އަވަނުގައި ބަހައްޓާށެވެ.