ރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމާމެދު ސަރުކާރުގެ ނިންމުން ބަދަލުކުރުމަށާއި އެ މައްސަލާގައި ސަރުކާރުން ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން ވަނީ އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެފަ އެވެ.

ޗާގޯސް މައްސަލާގައި ސަރުކާރުން އަމަލުކުރި ގޮތުން އެކަމާ ދެކޮޅަށް ގިނަ ޕާޓީތަކެއް އެކުލެވޭހެން މިހާރު ވަނީ އިއްތިހާދުވެފަ އެވެ.

ސަރުކާރުން މި މައްސަލާގައި އަމަލު ކުރިގޮތުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު ކަމަށް ބުނެ ސަރުކާރު އެކަމާ ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ނާއި މިހާރު ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީއާ އެކުވެ ވަނީ އިދިކޮޅު ކޯލިޝަނާއެކު ޖޮއިންޓް ޕާލަމަންޓްރީ ގުރޫޕެއް އުފައްދާފަ އެވެ.

މިރޭގެ ޖަލްސާގައި ރައީސް ނަޝީދުގެ އަރިސްބޭފުޅުން ވަނީ ބައިވެރިވެފައި

އެމްޑީޕީ ތެރޭގައި ހަމަނުޖެހުން އުފެދި ރައީސް ނަޝީދު އިސްކޮށް ހުންނަވާ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް ނިންމަވާ ޕާޓީ ރަޖިސްޓްރީ ކުރުމަށް މިހާރު ވަނީ ހުށަހަޅާފަ އެވެ.

މިއީ ރައީސް ނަޝީދުގެ އަރިސްބޭފުޅުން އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމްގެ ޖަލްސާއެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މިރޭގެ ޖަލްސާގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވިއެވެ.

އޭގެ ތެރޭގައި ޑިމޮކްރެޓްސްގެ މުއައްސިސް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އާއި ވިލިފުށި ދާއިރާގެ މެމްބަރު، ހަސަން އަފީފް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު، އިމްތިޔާޒް ފަހުމީ އާއި ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު، މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާންގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު، އިލްޔާސް ލަބީބު އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު، މުހައްމަދު ރަޝީދު (ބޯދިގު) ހިމެނެ އެވެ. މީގެ އިތުރުން ޑިމޮކްރެޓްސްގެ ގިނަ ބަޔަކު ބައިވެރިވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ނަޝީދުގެ އަރިސްބޭފުޅުން ވަނީ ބައިވެރިވެފައި

މިރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ އެއްވެސް މެމްބަރަކު ބައިވެރިނުވުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފައިވީ ނަމަވެސް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.