ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް އެމަނިކުފާނުގެ އިތުބާރު ނެތް މައްސަލަ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގެ އިދާރާއަށް މިއަދު ހުށަހަޅައިފި އެވެ.
ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަން އެމްޑީޕީން ނިންމައި މަޖިލީހަށް އެ މައްސަލަ މިއަދު ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮއި އާއެކުގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 50 މެމްބަރުންނާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ. އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި ތިއްބަވަނީ 56 މެމްބަރުންނެވެ.
ނަޝީދު ވަކި ކުރަން ހުށަހަޅާ ސަބަބުތައް:
- ކޮމިޓީތައް އެކުލަވައި ނުލައި މަސައްކަތް ހުއްޓުވާފައި އޮތުން.
- ސަބަބެއް އިއުލާން ނުކުރައްވައި ކޮންމެ ދުވަހު ރިޔާސަތު ދޫކުރެއްވުން.
- މަޖިލީހުގެ ނިޒާމް ގެއްލުވާލަން މަސައްކަތް ކުރާ މެންބަރުންނަށް ވާގިވެރިވުން.
- ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގައި ހިނގާ ބަހުސްތަކުގައި ބައިވެރިވުން.
- އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ މައްސަލަ އަށް ހުރަސް އެޅުއްވުން.
- ވަކި ފަރާތަކަށް ޖެހިވަޑާއިގެން މެންބަރުންނާ ޒާތީ ތައައްސަބެއް ބޭއްވުން.
މަޖިލީހުގެ މިއަދު ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ދެއްކެވި ވާހަކައަކަށް ފަހު ނަޝީދު ވިދާޅުވީ މައްޗަންގޮޅި މެދު ދާއިރާ ތަމްސީލުކުރަން ކެތްމަދުވެފައި ހުންނެވި ކަމަށެވެ.
"އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކެތްމަދުވެފައި ހަގީގަތުގައި ރިޔާސަތުގައި މި އިންނަނީ. އުންމީދު ކުރެވެނީ މެދު ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް،" ރިޔާސަތުގެ ގޮނޑީގައި އިންނަވައި ނަޝީދު ވިދާޅުވި އެވެ.
ހަސަން ލަތީފު ވާހަކަ ދެއްކެވީ ނަޝީދުގެ އަރިސްބޭފުޅުން އުފައްދަވާ އާ ޕާޓީ 'ދަ ޑިމޮކްރެޓްސް' އިން ގެންގުޅޭނެ ސިޔާސަތުތަކުގެ ވާހަކަ އެވެ. އެ ޕާޓީން ފައިދާހުރި ސިޔާސަތުތަކެއް ގެންގުޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅޭނީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު އެވެ. މިހާރު މަޖިލީހުގައި ތިއްބަވަނީ 87 މެމްބަރުންނެވެ. އެ މައްސަލަ މަޖިލީހަށް ހުށަހަޅަން މަދުވެގެން 22 މެމްބަރުންގެ ސޮއި ބޭނުންވާނެ އެވެ.
ކާކަށްތަ އިނގޭނީ ކުރަން ހިތުލަފާ އެމްޑީޕީގެ ވެރިކަމެއްގައި އެެޕާރޓީގެ ރައީސް ކަމަށްވާ ކެނެރީގެ ނަޝީދު އެޕާރޓީގެ ހަ ފޮޅުން ބޭރަށް ސައްޕެއް ޖަހާ ބޭރުކުރާނޭ ކަމަށް އެކަމަކު އެކަމޭ މިފެނިގެން ދަނީ އަދި ބަލަން ތިބި ބަޔަކަށް ފެނިގެންދާނެއޭ ޖުލައި މަސް ނިމޭއިރު މިސަރުކާރުގެ ވަޒީރުން ފަހަރަކު މީހަކު އިސްތިއުފާ ދެމުންދާ ތަން އެމެން އިސްތިއުފާ ދީފައި ގޮސް ދަ ޑިމޮކްރެޓްސް އާއި ގުޅޭ ތަން ވެސް ފެނިގެންދާނެއޭ ރައްޔިތުން ގެ ކަނޑުގައި ޗާބޫކުން ތަޅާ ސަރުކާރު ބޭނުމެއް ނުވާނެއޭ...
އަންނި އަންނި އަންނި އަންނި ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި އަންނި ހޮވަމާ ހިނގާށެ ނަލަ ކުރަމާ މިވަތަންގެ ކުރިމަގު މާލެ ސަރަހައްދުން ގޯތި ބޭނުންވާ ކޮންމެ ކަތަކަށް ގޯއްޗެއް ދީގެން ހިނގާ އުޖާލާ ކުރަމާ މިވަތަންގެ އެންމެ ކަތުންގެ ދިރިއުޅުން ހިނގާ ހޮވަން އެންމެން އަންނި އެއީ އެއްވަނައޭ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ....