ބޭނުންވާ ތަކެތި

  • 4 ޖޯޑު އޮލިވް އޮއިލް
  • 500 ގްރާމް ލަޒާނިއާ
  • 500 ގްރާމް ޗީޒް (ތުނިކޮށް ކޮށާފައި)
  • 1 ޖޯޑު ޕާމޭސަން ޗީޒް (ގާނާފައި، މައްޗަށް އެޅުމަށް)
  • 2 ފިޔާ (ތުނިކޮށް ކޮށާފައި)
  • 2 ލޮނުމެދު (ގާނާފައި)
  • 1 ކިލޯ ބޯންލެސް ކުކުޅު (ކުދިކޮށް ކޮށާފައި)
  • 2 ޖޯޑު ޓޮމާޓޯ ސޯސް
  • 5 ޖޯޑު ޓޮމާޓޯ (ތޮށި ނޮޅާފައި)
  • 1 ޖޯޑު ޓޮމާޓޯ ޕިއުރީ
  • 1/2 ޖޯޑު ފެން
  • 1/2 1 ސައިސަމުސާ ލޮނު
  • 1 ސައިސަމުސާ މުގުރި އަސޭމިރުސް
  • 1 ސައިސަމުސާ ބޭސިލް
  • 2 ބޭ ލީވްސް
  • 2 ޖޯޑު މަޝްރޫމް (ކޮށާފައި)
  • 2 ސައިސަމުސާ ހަކުރު

ތައްޔާރު ކުރާނެ ގޮތް

  1. ތެއްޔެއް އުނދުން މައްޗަށް އުދައި އޮލިވް އޮއިލް އަޅާށެވެ. ހޫނުވުމުން ލޮނުމެދު، ފިޔާ އެއްކޮށް އަޅައި މޯޅިވުމުން ކުކުޅު ކޮޅު އަޅާށެވެ.
  2. ކުކުޅުކޮޅު ރޯފިލުމުން ޓޮމާޓޯ ސޯސް، ޕިއުރީ އަދި ބާކީހުރި ހުރިހާ ބާވަތެއް އެއްކޮށްފައި ސޯސްގަނޑަކަށް ވަންދެން ކެއްކުމަށްފަހު ބޭ ލީވްސްކޮޅު ނަގާށެވެ.
  3. ދެން ބޮޑު ތެއްޔަކަށް ފެން އަޅާފައި އުނދުން މައްޗަށް އުދާށެވެ. 1/3 ޖޯޑު އޮލިވް އޮއިލް ވެސް އެއްކޮށް ކެކިގަތުމުން ލަޒާނިއާ ، ފަހަރަކު ސީޓެއް އަޅަމުން ތަތް ނުލަވާ ގޮތަށް އަޅާށެވެ. މަޑުވަންދެން ކެކުމުން ނަގައި އޮލިވް އޮއިލް އެއްކޮށްފައި ބަހައްޓާށެވެ.
  4. އެއަށްފަހު ބޭކިން ޓްރޭއެއްގައި ފުރަތަމަ ސޯސްގަނޑު، ދެން ލަޒީނިއާ އަދި އެއަށްފަހު ޗީޒް، މިގޮތަށް ފަހަރަކު ލޭޔަރަކަށް އެތުރުމަށްފަހު އެއް ގަޑި އިރުވަންދެން އަވަނުގެ 180 ޑިގްރީގައި ފިހެލާށެވެ.