ޕީޕީއެމް ސެނެޓްގެ މެންބަރު އަހްމަދު ޣާލިބް އެ މަގާމުން އިސްތިއުފާ ދެއްވާ ޕީޕީއެމުން ވެސް މިއަދު ވަކިވެއްޖެ އެވެ.

އޭނާ އަކީ ޕީޕީއެމްގެ ސެނެޓްގައި ކެލާ ދާއިރާގެ މެމްބަރެވެ. އޭނާ ވަނީ މިއަދު އެދާއިރާގެ ރައީސް ކަމުންވެސް އިސްތިއުފާ ދެއްވާ ޕާޓީން ވަކިވެފަ އެވެ.

ޣާލިބް ޕީޕީއެމް އިން ވަކީ މިވަގުތު އޭނާ އަށް ޕީޕީއެމް އާއިއި އެކު ކުރިއަށް ދާނެ މާހަައުލެއް ނެތުމް ކަމަށް ވިދާޅުވެފަ އެވެ.

ޣާލިބަކީ ޕީޕީއެމް އިން ހިންގަމުން އަންނަ ހަަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.

މީގެކުރިން ޖުމްހޫރީ ޕާޓީގައި އުޅުއްވުމަށްފަހު ޕީޕީއެމާ ގުޅިވަޑައިގެންނެވި ޣާލިބު އަލުން އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ އޭނާގެ ބޭބެ އަލީ އަލީ އާރިފަކީ އެ ޕާޓީގެ ރަޖިސްޓްރާ އެވެ. އަދި އޭނާގެ ބޭބެ އިގްބާލް އަދަމަކީ ވެސް އެ ޕާޓީގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.