ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް މިއަދު ވަޑައިގަންނަވަން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.
ނަމަވެސް މިދަތުރުފުޅާ ގުޅޭ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ
މީގެ ކުރިން ވެސް ރައީސް ވަނީ ދެ ފަހަރެއްގެ މަތިން ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފަ އެވެ.
ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މިއަދު ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އީދު ބަންދަށް ފަހު ރަސްމީކޮށް ކެމްޕޭން ފެށުމަށް ވަނީ ނިންމާފަ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުތައް ކުރެއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.
ރަންވީރާއި ދީޕިކާއަށް މިފަހަރު ވެސް ލިބުނީ އަންހެން ކުއްޖެއް!
ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދައްތަ ހައްޔަރުކޮށްފި
ނަޖީބު ރައްޒާގު ގޭބަންދަށް ބަދަލުކުރަން ޖޫރިމަނާ ނުދެއްކުނު