ބަނޑު ހިންދުމަށް އެކި މީހުން ކަންތައް ކުރަނީ އެކި ގޮތަށެވެ. ބައެއް މީހުން ކަސްރަތުކޮށް ޑައިޓް ކުރާއިރު އެއްބަޔަކު ބޭސް ބޭނުން ކުރާތަން ވެސް އާދެ އެވެ. އެގޮތުން މި ހިއްސާ ކޮށްލަނީ ހަފްތާއެއްގެ ތެރޭގައި ނަތީޖާ ފެންނާނެ ޑައިޓެކެވެ.

ހެނދުނުގެ ނާސްތާ

ހެނދުނު ހޭލައިގެން ހޫނުފެނަށް ލުނބޯ އެޅުމަށްފަހު ބޯލާށެވެ. މި ޑިޓޮކްސް ފެނުން ހަށިގަނޑުގައި ހުންނަ ވިހައާއި ޖަރާސީމު ބޭރުކޮށްދީ ހަޖަމުކުރަން ވެސް ފަސޭހަ ކޮށްދޭނެ އެވެ. ދެން ހަށިގަނޑުގައި ވަރުޖެއްސުމަށް ހެނދުނުގެ ކަސްރަތު ވެސް މުހިއްމެވެ. އެއަށްފަހު ޕްރޮޓީން އާއި ނިއުޓްރިޝަން ހިމެނޭ ހެނދުނުގެ ނާސްތާއެއް ނެގުން ވަރަށް މުހިންމެވެ.

މެންދުރުގެ ކެެއުން

ދެ ކެއުމުގެ ދެމެދުގައި ދުރު މިނެއް ބަހައްޓާށެވެ. މެންދުރުގެ ކެެއުން މުހިންމު ވާނީ ވަރަށް ލުއި އެހެން ނަމަވެސް ފައިދާހުރި ކެއުމެކެވެ. އެގޮތުން ބަތާީއެކު ސެލަޑެއް ބޭނުން ކޮށްލުން ރަނގަޅުވާނެ އެވެ. އެއަށް ފަހު 15 މިނެޓްވަންދެން ހިނގާލަން އެދެވިގެންވެ އެވެ.

ހަވީރުގެ ސައި

ހަވީރުގަޑި އަކީ އެއްވެސް ބުރަ މަސައްކަތެއް ނުކޮށް އަރާމުކޮށްލާ ވަގުތު ކަމުގައި ކަނޑައަޅާށެވެ. އަދި ލޯފެޓް ބިސްކޯދަކާއެކު ސައިތައްޓެއް ބޯލެވިދާނެ އެވެ.

ރޭގަނޑުގެ ކެއުން

ރޭގަނޑުގެ ކެއުން ވެސް ބަހައްޓަންޖެހޭނީ ވަރަށް ލުއި ގޮތަކަށެވެ. އެގޮތުން ކާންވާނީ ރޭގަނޑު 8 ޖެހުމުގެ ކުރިން އަވަހަށް ހަޖަމް ކޮށްލާ ކަހަލަ ކެއުމެކެވެ. އެގޮތުން ރޯސްޓެޑް ވެޖެޓެބަލް، ރޯސްޓެޑް ޗިކެން ނޫނީ ސޫޕެއް ބޭނުންކޮށްލުން ރަނގަޅެވެ.