އިންޑިއާގެ އެންމެ މަގުބޫލު ރިއަލީ ޝޯ ކަމަށްވާ ބިގްބޮސްގެ އޯޓީޓީގެ ދެ ވަނަ ސީޒަން މިހާރު ޒިއޯ ސިނަމާއިން ދައްކަމުން އަންނައިރު އަންނައިރު އެޝޯއަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. މިފަހަރު ސީޒަން ކުރިއަށްދަނީ ބެލުންތެރިންގެ ބައިވެރިވުމާއެކު އެވެ. ބިގްބޮސް ގޭގެ ފުރަތަމަ ކެޕްޓަން ހޮވުމުގައިވެސް ބެލުންތެރިންގެ ބައިވެރިވުން ހިމެނެ އެވެ. މިފަހަރުގެ ސީޒަންގެ ފުރަތަމަ ކެޕްޓަނަކީ ފަލަކް ނާޒް އެވެ.

"ބިގްބޮސް އޯޓީޓީ 2" ގޭގައި ޑްރާމާއާއި ޖަޒުބާތުތަކާއި ހީވެސް ނުކުރާ ފަދަ ގޮތަކަށް ބަދަލުވެގެން އަންނަތައް ފެނިގެންދެ އެވެ.

ބީބީ އޯޓީޓީ 2 ގެ އާ ޕްރޮމޯއެއްގައި އެކްޓަރު އަދި މޮޑެލް އަކަންޝާ ޕޫރީ ގޭގެގައި އުޅެނީ ފޭކް މީހެއްގެ ގޮތުގައި ބިގްބޮސް ބުނެ އެވެ.

ޕްރޮމޯ ފެށެނީ ބިގް ބޮސް އިން "ފޭކް އެލާޓް ޕޯސްޓަރު ދައްކާލުމުންނެވެ. އެއަށްފަހު ހުރިހާ ބައިވެރިން ލިވިންގް އޭރިއާގައި ތިބޭތަން ފެނިގެންދެ އެވެ.

ބިގްބޮސް ބުނާ ގޮތުގައި "އަކަންޝާ ޝޯ ފެށުނީއްސުރެ ގޭގައި އުޅެމުން އަންނަނީ ފޭކް މީހެއްގެ ގޮތުގައި" ކަމަށެވެ.

ޖޫން 17 ވަނަ ދުވަހު ބިގް ބޮސް އޯޓީޓީ 2 ފެށިގެން ކުރިއަށްދާއިރު މިޝޯ މިފަހަރު ހުށަހަޅައިދެނީ ބޮލީވުޑް މަޝްހޫރު އެކްޓަރު ސަލްމާން ޚާން އެވެ.

މިފަހަރުގެ ސީޒަންގައިވެސް މަޝްހޫރު ފަންނާނުންތަކެއް ފެނިގެންދެ އެވެ. އެގޮތުން މިފަހަރުގެ ސީޒަންގައި ފެނިގެންދާ ބައިވެރިންނަކީ "އަލީ ބާބާ"ގެ ކުރީގެ ބަތަލް ސީޒަން ހާންގެ ކޮއްކޮ ފަލަކް ނާޒް އާއި ޓީވީ ބަތަލާޖިޔާ ޝަންކަރް އާއިޔޫޓިއުބުގައި ފުކްރާ އިންސާންގެ ނަމުން މަޝްހޫރުވެފައިވާ އަބިޝެކް މަލާން އާއި އެކްޓަރު އަދި މޮޑެލް އަކަންޝާ ޕޫރީ އާއި ކުރީގެ އެކްޓަރު އަދި ޕޮޑްކާސްޓަރު ސައިރަސް ސަހުކާރް އާއި ބިހާރްގެ މަނީޝާ ރާނީ އާއި ޑުބާއީ އިން ޝޯގައި ބައިވެރިވުމަށް އައި ޖެޑް ހަދީދް ހިމެނެ އެވެ.

މީގެ އިތުރުން އެކްޓަރު ނަވާޒުއްދީން ސިއްދީގީ ކުރީގެ އަންހެނުން އާލިއާ ސިއްދީގީ އާއި ޑެންޓިސްޓެއް ކަމަށްވާ ބޭބީކާ އާއި ޓީވީ އެކްޓަރު އަވީނާޝް ސަޗްދޭވް އާއި ޕަލަކް ޕުރުސްވާނީ އާއި ބަތަލާ ޕޫޖާ ބަޓް މިޝޯއިން ފެނިގެންދާނެ އެވެ.