ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން މިނިކާވަގެއްކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެ އެވެ.
މިނިކާވަގެއް ކަމަށް ބެލެވޭ އެ ޖަނަވާރު ހިނގައިފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ.
މާފަރު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އެ ޖަނަވާރު ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށެވެ. އެ ޖަނަވާރު ރަށު ތެރޭގައި އުޅެފާނެތީ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ޖަނަވާރު ފެނިފައިވަނީ އެ ސަރަަހައްދުގައި މަސައްކަތްކުރަން އުޅޭ ބިދޭސީ މަސައްކަތްތެރިންތަކަކަށެވެ. އެ ވީޑިއޯ ކޮށްފައި ވަނީ މިއަދު އެވެ.
ދިރާގު މާލެ އޯޕަން 2026: ރަޖިސްޓަ ކުރުން ހަމަވަނީ
ޓްރަމްޕާއި އިންފަންޓީނޯ ސްޓޭޖަށް އެރުމުން ނުރުހުމުގެ އަޑު
ސްކޫލް ބަންދާ ދިމާކޮށް 4،000 އަށްވުރެ ގިނަ ދިވެހިން އުމްރާއަށް

ޢެޑިޓް ކޮށްފަ ނޫންބާ ފުރަތަމަ ވީޑިއޯ ޗެކް ކޮށްބަލަ އަސްލެއްތޯ