ދަތުރު ކުރުމަކީ އަހަރުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކު ވެސް ކުރާ ހިތްވާ ކަމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގޮސް އެކި ސަގާފަތްތައް ތަޖުރިބާ ކޮށްލުމަކީ ނަފްސާނީ ގޮތުން ވެސް ފައިދާތައް ލިބޭ ކަމެކެވެ.

ދުނިޔޭގައި ބަލާލަން ރީތި އެތައް ތަނެއް ވާއިރު އޭގެ ތެރެއިން ބައެއް ތަންތަނަކީ އެހެން ތަންތަނަށް ވުރެ ވެސް ފާހަގަ ކޮށްލެވޭ ތަންތަނެވެ. މި ލިޔުމުގައި އެފަދަ ބައެއް ތަންތަނަށް ބަލާލާނަމެވެ.

ހަވާނާ ، ކިއުބާ

ހަވާނާ ، ކިއުބާ

ކިއުބާގެ ވެރިރަށް ހަވާނާ މި ލިސްޓުގެ އެންމެ ކުރި ހޯދަނީ އެތަނަށް ލިބިފައިވާ ހާއްސަ ސިފަތަކެއްގެ ސަބަބުންނެވެ. އިމާރާތްތަކުގައި ލާފައިވާ ކުލަތަކުންނާއި އިމާރާތްތަކުގެ ޑިޒައިންތަކުން އުފައްދައިދޭ ކޮންޓްރާސްޓް މަންޒަރުތަކަކީ ނުހަނު ހިތްގައިމު މަންޒަރު ތަކެކެވެ.

ލުކާން ، ސްވިޓްޒަލޭންޑް

ލުކާން ، ސްވިޓްޒަލޭންޑް

ސްވިޒްލަލޭންޑްގެ ފަރުބަދަމަތީ ރަށެއް ކަމަށްވާ ލުކޭންއަކީ ގުދުރަތީ ރީތިކަމަށް ލޯބިކުރާ ފަރާތްތަކަށް ހަމަ އެންމެ ރަނގަޅު އެއް މަންޒިލެވެ. ދުރުދުރަށް ފެތުރިފައިވާ ފެހި ވާދީތަކާއި ފަރުބަދަތަކަކީ ލުކޭންގެ އެންމެ ހާއްސަ ސިފަތަކެވެ.

ޑުބްރޮވްނިކް ، ކްރޮއޭޝިއާ

ޑުބްރޮވްނިކް ، ކްރޮއޭޝިއާ

ކްރޮއޭޝިއާގެ އެންމެ ރީތި ރަށުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޑުބުރޮވްނިކްއަކީ ތާރީހީ އިމާރާތްތަކާއި ސަގާފަތުގެ އެކި ކުލަތައް ދައްކުވައިދޭ "މިޑީވިއަލް" ރަށެކެވެ.

ސެލްޒްބާގް ، އޮސްޓްރިއާ

ސެލްޒްބާގް ، އޮސްޓްރިއާ

އެލްޕްސް ފަރުބަދައިގެ ކައިރީގައި އޮންނަ ސެލްޒްބާގްއަކީ ފޮޓޯއަށް ރީތި ގިނަ މަންޒަރުތަކެއް ފެންނަ ރަށަކަށް ވާނެ އެވެ. މީގެ ތެރޭގައި ގުދުރަތީ އަދި އެނޫން ތަންތަން ވެސް ހިމެނެ އެވެ.

މައްކާ ، ސައޫދީ އަރަބިއާ

މައްކާ ، ސައޫދީ އަރަބިއާ

މުސްލިމުންގެ އެންމެ މުގައްދަސް ރަށަށް ވުމުގެ އިތުރުން މައްކާއަކީ އެ ރަށުގެ ގަދީމީ ތާރީހަށްޓަކައި މަޝްހޫރު އެއް ރަށެވެ. ހައްޖާއި އުމްރާގެ މަތިވެރި އަޅުކަމާއެކު މައްކާގައި ބަލާލަން ތާރީހީ އެތައް ތަނެއްވެ އެވެ.