ބޭނުންވާ ތަކެތި

  • 500 ގ ކުކުޅު (ކިއުބްކޮށް ކޮށާފައި)
  • 1 ފިޔާ (ކޮށާފައި)
  • 3 ލޮނުމެދު (ކޮށާފައި)
  • 1/2 ޖޯޑު ލީކްސް (ކޮށާފައި)
  • 1/2 ޖޯޑު ކެޕްސިކަމް (ކޮށާފައި)
  • ރަހަލާ ވަރަށް ލޮނު
  • 1 ގިތެޔޮ މިރުސް (ކޮށާފައި)
  • ތެޔޮ2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
  • 2 މޭޒުމަތީ ސަމުސާ ޗިލީ އެންޑް ގާލިކް ސޯސް
  • 1 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
  • 1 މޭޒުމަތީ ސަމުސާ ފިޝް ސޯސް

ތައްޔާރު ކުރާނެ ގޮތް

  1. ތަވައެއްގައި ތެޔޮ ހޫނުކޮށް ކޮށާފައި ހުރި ކުކުޅުކޮޅު ހަރުވަންދެން ތެލުލާށެވެ.
  2. ތެއްޔެއްގައި ތެޔޮފޮދު ހޫނު ކޮށްލައި ފިޔާ ކޮޅާއި ލޮނުމެދު ކޮޅު މިލުވާލާށެވެ.
  3. ދެން ކެޕްސިކަމް އާއި ލީކްސް ކޮޅުވެސް މިލުވާލުމަށްފަހު މީގެ ތެރެއަށް މިރުސްކޮޅު އަޅާލާށެވެ. ލޮނު ލުމަށްފަހު ޓޮމާޓޯ ޕޭސްޓް އަދި ސޯސް ކޮޅު އަޅާލާ އެއްކޮށްލާށެވެ.
  4. ކެކެން ފެށުމުން ތެލުލި މަސްކޮޅު އަޅާލާ އެއްކޮށްލާށެވެ. މަސްތަކުގެ ތެރެއަށް ސޯސް ވަންނަންދެން މަޑުގިނީގައި ކައްކާލާށެވެ.