ބޮޑު އީދު ފާހަގަ ކުރެއްވުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ އުފަން ރަށް ޅ. ހިންނަވަރަށް ވަޑައިގެންފި އެވެ.

ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަލުން ފަޒްނާ އަހުމަދު ހިންނަވަރަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އެމަނިކުފާނު ހިންނަވަރަށް ވަޑައިގަތުމުން، ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ހިންނަވަރުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވާނެ އެވެ.

ރައީސްގެ މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ.

ހިންނަވަރަށް ވަޑައިގެންފައިމި ވަނީ އއ. ތޮއްޑޫގައި އީދު ފާހަގަ ކުރުމަށް ގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވުމަށްފަހު އެވެ.