އެޕަލްއިން އައިފޯނުތަކުގައި ބޭނުން ކުރަމުން އަންނަ ފީޗާއެއް ހުއްޓާލަން ނިންމުމާއެކު އައިފޯން ބޭނުންކުރާ މީހުންގެ ފޯނުތަކުން ފޮޓޯ އަލްބަމެއް ޑިލީޓް ވެދާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.
ދިހަ އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން އެޕަލްއިން ބޭނުން ކުރަމުން އައި "މައި ފޮޓޯ ސްޓްރީމް" ފީޗާ މިމަހުގެ 26 ވަނަ ދުވަހު ހުއްޓާލަން ވަނީ ނިންމާފަ އެވެ.
"މައި ފޮޓޯ ސްޓްރީމް" ހުއްޓާލުމާއެކު މި ފީޗާ ބޭނުންކޮށްގެން ސޭވް ކޮށްފައިވާ ފޮޓޯތައް ފޯނުން ފުހެވުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެހެން ކަމުން މައި ފޮޓޯ ސްޓްރީމްގައި ސޭވް ކޮށްފައިވާ ހުރިހާ ފޮޓޯއެއް ފޯނުތަކަށް ޑައުންލޯޑްކޮށް ފޯނުގައި ސޭވް ކުރުމަށް އެޕަލްއިން ވަނީ އެދިފަ އެވެ.
މައި ފޮޓޯ ސްޓްރީމް ހުއްޓާލުމުގެ އެއް މަސް ކުރިން މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު އެ އަލްބަމަށް އާ ފޮޓޯތައް ސޭވް ނުކުރެވޭ ގޮތް އެޕަލްއިން ވަނީ ހަދާފަ އެވެ.
"މައި ފޮޓޯ ސްޓްރީމް"،އަކީ ފޯނުން ނަގާ ފޮޓޯތައް ރައްކާ ކުރުމަށްޓަކައި އައިފޯނުތަކުގައި އެޕަލްއިން ހިމަނާފައިވާ ސްޓޯރޭޖް ފީޗާ އެކެވެ.
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމުގެ އަނދިރި ފަރާތް!