ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންހް އޭނާގެ ބުރުސޫރަ މުޅިިން ބަދަލު ކޮށްލައި ތަފާތު ގޮތަކަށް ފެންނަ ފޮޓޯއެއް އާއްމުންނާ ހިއްސާކޮށްފި އެވެ.

ހުކުރު ދުވަހު ރަންވީރު އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި އެ ފޮޓޯގައި އޭނާ ހުރީ އިސްތަށިގަނޑު ކުރުކޮށް ކޮށާލައި ތުނބުޅި ވެސް ރީއްޗަށް ކޮށައިގެންނެވެ.

ރަންވީރަކީ އާއްމުކޮށް އިސްތަށިގަނޑާއި ތުނބުޅި ދިގުކޮށް ބަހައްޓާ ތަރިއެއް ކަމުން އޭނާގެ މި ފެނިލުން ވީ ސަޕޯޓަރުން ހައިރާން ކޮށްލި ފެނިލުމަކަށެވެ.

https://www.instagram.com/p/CuHVRtuomwU/?utm_source=ig_embed&utm_campaign=loading

ރަންވީރުގެ އާ ފެނިލުމާއެކު އޭނާ ކުރިއަށްވުރެ ވެސް ރީތިކަމަށާއި އިސްތަށިގަނޑާއި ތުނބުޅި ކުރުކޮށް ބެހެއްޓުމުން އޭނާއާ މާ ގުޅޭ ކަމަށް ބުނެ މީހުން އަންނަނީ ރަންވީރުއަށް ތައުރީފް ކުރަމުންނެވެ.

އާއްމުންގެ އިތުރުން ބޮލީވުޑްގެ ބައެއް ތަރިން ވެސް ވަނީ ރަންވީރު މިހާރު ހުރި ގޮތަށް ތައުރީފް ކޮށްފަ އެވެ. އެގޮތުން ހަމަ ކޮންމެ ގޮތަކަށް ވެސް ރަންވީރު ގުޅޭ ކަމަށް ޒޯޔާ އަޚްތަރު ބުނެފައިވެ އެވެ.

ރަންވީރު ދެން އެންމެ އަވަހަށް ފެންނާނީ އެކްޓަރު އާލިއާ ބަޓްއާއެކު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިންނެވެ. މި ފިލްމު މިމަހުގެ ތެރޭގައި ސްކްރީންތަކަށް އަންނާނެ އެވެ.