ކުރިއަށް ރިޔާސީ އިންތިހާބަށް އިދިކޮޅު ޕީޕީއެމްއިން ވެސް އަދި ޑީމޮކްރެޓްސް އިން ވެސް ވަކީން ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށް އެ ދެ ޕާޓީން ވެސް ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމް ކޯލިޝަނާއި ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަވާ ދަ ޑިމޮކްރެޓްސް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެކުގައި މަސައްކަތް ކުރުމަށް އަންނަނީ މަޝްވަރަ ކުރަމުންނެވެ. އަދި ގިނަ ބަޔަކު ގަބޫލުކުރަ ގޮތުގައި ދެ ޕާޓީ އެއްވެގެން އެއް ކެންޑިޑޭޓަކު ނެރެނެ ކަމަށް ގަބޫލުކުރެވުނެވެ.

ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވާ ނެރުއްވާ "އޯޝަން ވީކްލީ" މަޖައްލާގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިއްތިހާދުގެ ކެންޑިޑޭޓެއް ނެރުމާމެދު އާޓިކަލް އެއްވެސް ނެރެފައިވެއެވެ. އަދި އެކަމާ ގުޅިގެން ޕީޕީއެމްގެ މެމްބަރުން ވަނީ ހިއްހަމަނުޖެހުން ވެސް ފާލުކޮށްފަ އެވެ.

ޕީޕީއެމް އަދި ޑިމޮކްރެޓްސް ކުރިއަށް ގެންދާ މަޝްވަރާތަކުގައި މިއަދު ބެއްވި ބައްދަލުވުމަސް ފަހު ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވި އެސްޓިއޯގެ ކުރީގެ މެނެޖިން ޑިރެކްޓަ ހުސައިން އަމްރު ވިދާޅުވީ ޑިމޮކްރެޓްސް އންވެސް އަދި ޕީޕީއެމް ކޯލިޝަނުން ވެސް ވަކިން ކެންޑިޑޭޓެއް ނެރޭނެ ކަމަށެވެ.

އަމްރު ވިދޅަުވީ ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރޭނެ ކަމާށް ބުނެފައި ވިޔަސް ޕާޓީ އަދި އޮތީ ރަޖިސްޓްރޭޝަންގެ މަރުހަލާގައި ކަމަށެވެ. ކެންޑީޑޭޓެއް ނެރުމާއި މެދު ވިސްނާނީ އެއަށްފަހު ކަމަށް އަމްރު ވިދާޅުވި އެވެ.

"މި އިންތިހާބަށް ޑިމޮކްރެޓްސްގެ ކެންޑީޑޭޓެއް ނެރޭނަން އަދި ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް ޔާމީން، އެހެން ނަމަވެސް އަޅުގަނޑުމެން އެކީގަ މަސައްކަތްކޮށް ސަރުކާރު އެކީގަ ބަލި ކުރުމަށްޓަކާ ކުރަންޖެހޭ ހުރިހާ ކަމެއް ގުޅިގެން ކުރިއަށް ގެންދާނަން،" އަމްރު ވިދާޅުވި އެވެ.

ޕީޕީއެމް ކޯލިޝަންގެ ފަރާތުން މިއަދުގެ މަޝްވަރާގައި ބައިވެރިވި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ މިހާރު ކުރެވޭ މަޝްވަރާތަކަކީ ދެ ޕާޓީ ގުޅިގެން ސަރުކާރު ބަލިކުރުމަށް ކުރެވެން ހުރި ކަންކަމާމެދު ކުރެވޭ މަޝްވަރާ ކަމަށެވެ.

ސުޖާއު ވިދާޅުވީ ޕީޕީއެމްގެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަކީ ރައީސް ޔާމީން ކަމަށް މާކުރިންވެސް ވާނީ ނިންމާފައި ކަމަށެވެ. އަދި އެނިންމުމަށް ބަދަލެއް ނާންނާނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.

"ޕީޕީއެމްއަކީ ވަރަށް ބޮޑަށް ހިޔާލުފާޅުކުރެވޭ ގޮތަސް އޮތް ޕާޓީއެއް. ޕާޓީ ތެރޭގައި މަޝްވަރާކުރެވޭނެ ކޮންމެ މީހަކާށް ވެސް ހިޔާލު ފާޅު ކުރެވޭގޮތަށް ޕީޕީއެމް ޕީއެންސީ ސެނެޓު އޮންނާނީ، ޑިމޮކްރެޓްސް އާއެކު މިބާއްވާ ބައްދަލުވުންތަކަކީ ސީދާ ރައީސް ޔާމީންގެ ލަފަޔާއެކު ބައްވާ ބައްދަލުވުންތަކެއް،" ސުޖާއު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ޕީޕީއެމް އިން ރައީސް ޔާމީން ނޫން އެހެން ކެންޑީޑޭޓެއް ނުނެރޭނެ ކަމަށް ތަކުރާރުކޮށް އެޕާޓީން ދަނީ ބުނެމުންނެވެ. ޑިމޮކްރެޓްސްއާއި ޕީޕީއެމް ގުޅިގެން މަސައްކަތްކުރާ އިރު މިސަރުކާރު ބަދަލުކުރުމަށް ކޮންމެ ކަމެއް ވެސް އެއީ ވެދާނެ ކަމެއް ކަމަށް ދެ ޕާޓީން މީގެ ކުރިން ބޭއްވި ބައްދަލުވުންތަކުގައި ވަނީ ބުނެފަ އެވެ.