ބޮލީވުޑްގެ ބަތަލާ ރަވީނާ ޓަންޑަންގެ އަންހެން ދަރިފުޅު ރަޝާ ތަޑާނީ އަދި އެކްޓަރު އަޖޭ ދޭވްގަން އަށް ބޮޑު ބޭބޭ ކިޔާ އާމާން ދޭވްގަން ބޮލީވުޑަށް ތައާރަފުވާ ފިލްމު އަންނަ އަހަރު ރިލީޒް ކުރުމަށް ނިންމައިފި އެވެ.

މި ދެ ޒުވާނުން އެކްޓަރުން ބޮލީވުޑަށް ތައާރަފުވާ ފިލްމަކީކާމިޔާބު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަބީޝޭކް ކަޕޫރުގެ ފިލްމަކުންނެވެ. މިފިލްމު އަންނަ އަހަރު ފެބްރުއަރީގައި ރިލީޒް ކުރަން ނިންމި ނަމަވެސް މިފިލްމުގެ ނަމެއް އަދި އިއުލާނެއް ނުކުރެ އެވެ.

އެންމެ ފަހުން އަބީޝޭކް ގެނެސްދީފައިވާ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ޗަންދީގަޅް ކަރޭ އާޝިގީ" އެވެ.

https://www.facebook.com/TaranAdarshOfficial/posts/930718375081115?ref=embed_post

ރަވީނާގެ ދަރިފުޅު ބޮލީވުޑް ދަތުރު ފަށައިގަންނަ އިރު، މިދިޔަ މަހުގެ ތެރޭގައި އޭނަ ވަނީ ހައި ސްކޫލުން ވެސް ގްރެޖްއޭޓްވެފަ އެވެ.

މިފިލްމުގައި އަޖޭ ދޭވްގަން ހާއްސަ ރޯލެއް ފެނިގެންދާއިރު މިފިލްމުގައި އިތުރު ތަރިންވެސް ބޮލީވުޑަށް ތައާރަފު ވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެގޮތުން ޓީވީ އެކްޓަރު މޯހިތު މަލިކް ވެސް މިފިލްމުގެ ހާއްސަ ރޯލަކުން ފެނިގެންދާނެ އެވެ.