ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ ވިލިމާލެ ފެނުގެ ޑިސްޓްރިއުޝަން ސިސްޓަމް އަޕްގްރޭޑިން މަސައްކަތްތަކެއް ކުރުމަށްޓަކައި މިރޭ 11:45 އިން މެންދަމު 02:00 ހަމައަށް ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށެވެ. ފެނުގެ ހިދުމަތް މެދުކެނޑެނީ މުޅި ވިލިމާލެއިން ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެ އެވެ.
ފެނުގެ ހިދުމަތް މެދުކަނޑާލުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީން ވަނީ މައާފަށް އެދިފަ އެވެ.
މާލެ ސަރަހައްދުގެ ފެނުގެ ކެޕޭސިޓީ އިތުރުކުރުމާއި ހިދުމަތް ރަގަޅުކުރުމަށް އެމްޑަބްލިއުއެސްސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މެޑޯނާގެ ބައޮޕިކް ފިލްމުގެ މަސައްކަތް ހުއްޓުނީ ކީއްވެ؟
އަހަރު ތަކަކަށްފަހު އިމްރާންގެ ބިރުވެރި ފިލްމެއް!
އިޒްރޭލް މީހުން ބުނަނީ ހަނގުރާމަ ކާމިޔާބު ކުރީ އީރާނުން ކަމަށް