ބޮލީވުޑްގެ ތަރިން ކަމަށްވާ ކާޖޮލް އާއި ކްރިތީ ސަނޮން އަށް އަހަރު ފަހުން އެކީގައި ފިލްމެއްގެ މަސައްކަތް ކުރަން ހަމަޖެހިއްޖެ އެވެ.
މިފިލްމަކީ ބަތަލާ ކްރިތީ އަމިއްލަ ފިލްމު ޕްރޮޑަކްޝަން "ބްލޫ ބަޓާފްލައި ފިލްމްސް" އިން އުފައްދާ ފިލްމެކެވެ.
ސަސްޕެންސް ތުރިލާއެއް ކަމަށްވާ "ދޯ ޕައްތީ"ގައި ކާޖޮލް އާއި ކްރިތީ ފެނިގެންދާއިރު މިފިލްމު ޑައިރެކްޓް ކުރަނީ ކަނިކާ ދިލަން އެވެ. މިއީ ކަނިކާގެ ފުރަތަމަ ޑައިރެކްޝަން އެވެ.
ސްކްރީން ރައިޓަރު ކަނިކާ ސްކްރީންޕްލޭ ލިޔުނު ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާންގެ "ރާ.ވަން" އާއި ތާޕްސީ ޕައްނޫގެ "މަންމަރުޒިޔާ" އާއި ސާރާ އަލީ ޚާންގެ "ކޭދަރުނާތު" އާއި ކަންގަނާ ރަނާވަތުގެ "ޖަޖްމެންޓަލް ހޭ ކިޔާ"ގެ އިތުރުން ތާޕްސީގެ "ހަސީން ދިލްރުބާ" ހިމެނެ އެވެ. މި އަހަރަށް ތާވަލުކޮށްފައި އޮތް ޝާހްރުކްގެ "ދުންކީ"ގެ ސްކްރީންޕްލޭގައި ވެސް ކަނިކާ ހިއްސާވެ އެވެ.
"ދޯ ޕައްތީ" އަކީ ކްރިތީގެ ފުރަތަމަ ޕްރޮޑިއުސްކުރާ "ދޯ ޕައްތީ" އަކީ ނެޓްފްލިކްސްއާ ގުޅިގެން ހަދާ ފިލްމެކެވެ. މިފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފެށުމަށް ނިންމާފައިވާއިރު މިފިލްމު ރިލީޒްކުރާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
ކާޖޮލް އާއި ކްރިތީ ކުރިން ވެސް އެކީގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ 2015 ގެ "ދިލްވާލޭ" ގަ އެވެ. އޭގެ ބަތަލުންނަކީ ޝާހްރުކާއި ވަރޫން ދަވަނެވެ.