ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން މިއަދު ބާތިލް ކޮށްފި އެވެ.
ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދީފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެފަދަ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުމުންނެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެފަދަ އަމުރަކަށް އެދުނީ ބޭސްފަރުވާއަށް ދުބާއީއަށް ވަޑައިގަތުމުގެ ހުއްދައަކަށް ޖިހާދު ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތުމުންނެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ ޖިހާދު ރާއްޖެއިން ބޭރަށްގޮސް ފިލައިގެން ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ޖިހާދުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ޖިހާދު ރާއްޖެއިން ބޭރަށް ވަޑައިގެން ފިއްލަވާފާނެ ކަމުގެ އެއްވެސް ހެއްކެއް ޕީޖީ އޮފީހަށް ދެއްކިފައިނުވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ވަޑައިގަތުމަކީ ފިލުން ކަމުގައި ނުބެލެވޭނެ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ރައީސް އޮފީހަށް 14 ދުވަސް
ޓޭލާއާއި ޓްރެވިސްގެ ކައިވެނިން ތަރިންގެ ތަފާތު ފެނިލުންތަކެއް!
2 އަހަރަށްފަހު ބިޔޯންސޭގެ ލަވައެއް ރިލީޒް ކޮށްފި

ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުން. މިސަރުކާރުގެ މައި މޮޓޯ.