ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ހިސާބުން އެއާޕޯޓު ޓްރެފިކް ލައިޓް ކައިރިއަށް އުދަޔާއެކު ގަލާއި ވެލި އަރަމުންދާތީ، އެ ސަރަހައްދުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ހިސާބުން އެއާޕޯޓު ޓްރެފިކް ލައިޓް ކައިރިއަށް އުދަޔާއެކު ގަލާއި ވެލި އަރަމުންދާ ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އެދިފަ އެވެ.

މ ހުޅަނގު މޫސުން ފެށި، ކޮންމެ އަހަރެއްގެ ވެސް ޖޫން އަދި ޖުލައިމަހަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. އަދި ފަހުގެ އަހަރުތަކުގައި މިގޮތަށް އުދަ އަރާއިރު، ރަށްގިރުމުގެ މައްސަލަ ވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

ކުރިއަށްއޮތް 24 ގަޑިއިރު، ރާއްޖޭގެ މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރައްވަ އެވެ. ނަމަވެސް ދިޔަވަރު ބޮޑުވާ ވަގުތުގައި އުދައަރާނެކަމަށް ލަފާކޮށް، އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ދަނީ އިލްތިމާސް ކުރައްވަމުންނެވެ. އެގޮތުން އާއްމުކޮށް ރާޅުގެ އުސްމިން އުޅޭނީ 1 ފޫޓާ 4 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ބުނެ އެވެ.