އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިއަދު ށ. އަތޮޅާށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ހަވީރު ށ. ފޯކައިދޫއަށް އެމަނިކުފަނު ވަޑައިގަތުމުން އިދިކޮޅު ޕީޕީއެމް އިން މުޒާހަރާ ކޮށްފި އެވެ.

ރައީސް ޞަލިހު މިއަދު ވަނީ އެމަނިކުފަނުގެ ކެމްޕެއިން ފެށުމަށް ށ. އަތޮޅަށް ވަޑައިގެންފަ އެވެ. ރައީސްގެ ކެމްޕެއިން ދަތުރުފުޅުގައި މިއަދު ހަވީރު ނޫމަރާއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހާބާ ކިޔުމަށް ގިނަ ބަޔަކު ނިކުމެފައިވެ އެވެ. އަދި އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ވަނީ ރައީސް އެރަށަށް ވަޑައިގެންނެވި ވަގުތު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރެއްވުމަށް ގޮވާލާ މުޒާހަރާ ކޮށްފަ އެވެ.

ފޯކައިދޫގައި ޕީޕީއެމް އިން ކުރިއަށް ގެންދިޔަ މުޒާހަރަގައި އެރަށުގެ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މެމްބަރުން ބައިވެރިވި އެވެ.

އެމީހުން މުޒަހަރާ ކުރަމުން ދިޔައީ ރަށުގެ ބަދަރާ ކައިރީގަ އެވެ. އެހެން ނަމަވެސް ރައީސް ޞާލިހު ހުންނެވި ހިސަބަށް ނުދެވޭނެހެން ފުލުހުން ވަނީ މަގު ބަންދު ކޮށްފަ އެވެ.

ރައީސް ޞާލިހު މިއަދު ހަވީރު ށ.ފޯކައިދޫ އަށް ވަޑައިގަތް ވަގުތު އެރަށު ޕީޕީއެމް ކޯލިޝަންގެ މެމްބަރުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާ ކޮށްފަ.

ފޯކައިދޫ މުޒާހަރާ ކުރި އިދިކޮޅު މެމްބަރުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އަޑު އުފުލާފަ އެވެ.

ވ. އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހު ހުކުމްކުރީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް އަރުވާފައި ވަނިކޮށެވެ.

ޕީޕީއެމްގެ އިސްބޭފުޅުން އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވަނީ އެމަނިކުފަނު ރިޔާސީ އިންތިހާބަށް ވަގުތު އޮއްވާ މިނިވަން ވާނެ ކަމަށެވެ.