ކަނޑުމަގުން ރާއްޖެ އެތެރެ ކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި ޝަހީބު އިބްރާހިމް އިއްޔެ ބަންދުން ދޫކޮށްލައިފި އެވެ.

130 ކިލޯގެ މަސްތުވާ ތަކެތި އެތެރެކުރަން އުޅެނިކޮށް 2020 ވަނަ އަހަރު އޮކްޓޫބަރު މަހު އެވެ.

އެ މައްސަލާގައި ޝަހީބުގެ އިތުރުން ހއ. ހޯރަފުށީ ވައިލެޓްވިލާ އަހްމަދު މޫސާ އަށް ވެސް ދައުވާކުރެ އެވެ. އަހުމަދު މޫސާ ކްރިމިނަލް ކޯޓުން މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު ދޫކޮށްލާފައި ވަނީ ބޭސްފަރުވާ އަށެވެ.

ޝަހީބު ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ. އެއީ ކޯޓަށް ހާޒިރުވާން އެންގުމުން ހާޒިރުވުމަށާއި، ރަށުން ބޭރަށް ދާން ޖެހޭ ހާލަތެއްގައި ކޯޓުގެ ހުއްދަ ހޯދައިގެން ނޫނީ ނުދެވޭ ގޮތަށް ޝަރުތުކުރުމަށް ފަހު އެވެ.

130 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ.

އެމައްސަލައިގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އެ ރޭ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދޯނި އިންޖީނު މައްސަލައެއް ޖެހިގެން ކަފު ޖަހައިގެން ހުޅުމާލެއަށް ގެންދަން އުޅޭ ކަމަށެވެ. އަދި ހުޅުމާލެ ކަންނެލި ޖެޓީއަށް ގޮސް ބެލިއިރު އެ ދޯނި އެ ޖެޓީގައި އޮތް ކަމަށް ފުލުހުން ބުނެ އެވެ. އަދި ދޯނި ބަލައި ފާސްކުރިއިރު އެއް ވާގަނޑެއްގައި އައްސާފައި އޮތް ތިން ބަސްތާއަކާއި ވަކިން ދާގަނޑެއްގައި ބަސްތާއެއް އޮތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.