ބޭނުންވާނެ ތަކެތި

  • 2 ޖޯޑު މެކަރޯނީ ޕާސްތާ (ފެނުކައްކާފައި)
  • 1/2 ޖޯޑު އަންސޯލްޓެޑް ބަޓަރު
  • 1/2 ޖޯޑު ފުށް
  • 1/2 1 ޖޯޑު ކިރު
  • 1 ޖޯޑު ކުކިން ކްރީމް
  • 1 ޖޯޑު ޗެޑާ ޗީޒް (ގާނާފައި)
  • 1 ޖޯޑު މޮޒަރެލާ ޗީޒް (ގާނާފައި)
  • 1 ސައިސަމުސާ ލޮނުމެދު (ކޮށާފައި)
  • 1 މޭޒުމަތީސަމުސާ ފިޔާ (ކޮށާފައި)
  • 1 ސައިސަމުސާ ބެސިލް (ކޮށާފައި)
  • ލޮނު (ރަހަލާވަރަށް)
  • އަސޭމިރުސް (ރަހަލާވަރަށް)

ތައްޔާރުކުރާނެ ގޮތް

  1. ތަވައެއްގައި ބަޓަރުކޮށް ވިރުވާލުމަށްފަހު ފިޔާ އަދި ލޮނުމެދުކޮޅު އަޅައި ދެ މިނިޓު ވަންދެން މީރު ކޮށްލާށެވެ. މީގެ ތެރެއަށް ފުށް އެއްކޮށް، ގަނޑުލިޔަ ނުދިނުމަށް 1 މިނެޓު ވަންދެން ހާކަމުން ގެންދާށެވެ.
  2. މަޑުމަޑުން ކިރު އަޅަމުން އެއްކުރަމުން ގެންދާށެވެ. ކިރާއި ފުށްކޮޅާއި ރަނގަޅަށް ގަނޑުނުލާ ވަރަށް އެއްވުމުން، ކޮންމެވެސް ވަރަކަށް ހިކެންދެން ކައްކަމުން ގެންދާށެވެ.
  3. ގިނި މަޑުކުރުމަށްފަހު މީގެ ތެރެއަށް ކްރީމް، ޗެޑާ ޗީޒް، ބެސިލް އަޅައި ޗީޒްކޮޅު ރަނގަޅަށް ވިރެންދެން އެއްކުރަމުން ގެންދާށެވެ. އެއަށްފަހު ރަހަލާ ވަރަށް ލޮނާއި އަސޭމިރުސްކޮޅެއް އަޅާލާށެވެ. އަދި ފެނުކައްކާފައި ހުރި މެކަރޯނީ އާއި ތައްޔާރު ކުރި ޗީޒް ރަނގަޅަށް އެއްކޮށްލާށެވެ.
  4. އަވަނުން ފިހެވޭ ތަށްޓަކަށް ތައްޔާރު ކުރި މެކަރޯނީ އެޅުމަށްފަހު މީގެ މައްޗަށް މޮޒަރެއްލާ ޗީޒް ކޮޅެއް އަޅާލާށެވެ.
  5. އެއަށްފަހު 10 މިނެޓު ވަންދެން ނުވަތަ ޗީޒްކޮޅު މުށިކުލައަކަށް އަރަންދެން އަވަނުން ފިހެލާށެވެ.