2009 ވަނަ އަހަރު ހާމިދު އަލީ ޕްރޮޑިއުސްކޮށް އަމްޖަދު އިބްރާހީމް ޑައިރެކްޓްކޮށް ގެނެސްދިން ކާމިޔާބު ފިލްމު “އުދަބާނި”ގެ ދެވަނަ ބައި ގެ ޝޫޓިން ފަށައިފި އެވެ.

"އުދަބާނި 2" ގެ ޝޫޓިން ފަށާފައިވާއިރު މިފިލްމުގައި ކުރީގެ ފިލްމުގައި ލީޑް ރޯލުން ފެނިގެންދިޔަ މިހާތަނަށް ވަރަށް ގިނަ ފިލްމުތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ކެރިއަރުގެ ޔޫސުފް ޝަފީޢު (ޔޫއްޕެ) އަދި އާމިރާ އިސްމާއީލް ފެނިގެންނުދާނެ އެވެ. އެހެން ނަމަވެސް މިފިލްމުގައި ހާމިދު އަލީ ފެނިގެންދާނެ އެވެ.

އަމްޖަދު ވަނީ މިފިލްމުގެ ޝޫޓިން ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް އޭނާގެ ފޭސްބުކްގައި ހިއްސާކޮށްފަ އެވެ.

ހާމިދުގެ އިތުރުން "އުދަބާނި 2" އިން ފެނިގެންދާނެ އެހެން ތަރިންނަކީ އަހްމަދު އީސާ (އާނަންދު)، އާމިނަތު ސުހާ، އަލީ އާޒިމް (ދޮން އައްޔަ)، ނަތާޝާ، ޝަމީލް، މަރްޔަމް ހަލީމް، ޝަކީލާގެ އިތުރުން ވަހީދު އެވެ.

ބިރުވެރިއަކަށް ވާހަކައަކަށް ހެދި "އުދަބާނި" އަކީ އޭގައި މުހިއްމު ރޯލެއް ކުޅުނު އެކްޓަރު ހާމިދު އަލީ ޕްރޮޑިއުސްކޮށް 2009 ގައި ގެނެސްދިން ފިލްމެކެވެ.

އަމްޖޭ އާއި ޕްރޮޑިއުސަރު ހާމިދު

ލިޔުންތެރިޔާ މުހައްމަދު ގާސިމުގެ ވާހަކަ "އުދަބާނި" އަށް ހެދި ފިލްމުގެ މައިގަނޑު ރޯލުތައް ކުޅުނު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އާމިރާ އިސްމާއީލްގެ އިތުރުން ހާމިދެވެ.

މިފިލްމަކީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. އަދި ވިޔަފާރީގެ ގޮތުން ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި އަމްޖޭގެ ފުރަތަމަ ފިލްމެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް ދައްކައިގެން މިލިނިއަކަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީ ހޯދި ފިލްމެކެވެ.

އަމްޖޭ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ ބިރުވެރި ފިލްމު "ރޭވުމުން" އެވެ.