އުވާލަން ނޯޓިސް ދީފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރިޔާސީ ޕްރައިމަރީއަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ކުރިމަތި ލައްވައިފި އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއާރުއެމް އިން އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.
އެމްއާރުއެމް އިން ބުނެފައި ވަނީ އެ ޕާޓީ އިން ރިޔާސީ އިންތިހާބަށް ނިކުންނަނީ ބޭނުންވާ މެމްބަރުން މިމަހުގެ 27 ވަނަ ދުވަހުގެ ކުރީން ޕާޓީއަށް ހުށަހަޅަން ވާނެ ކަމަށެވެ.
ޕާޓީގެ ޕްރައިމަރީ އަށް ކުރިމަތިލައްވާފައިވަނީ ފާރިސް އެކަންޏެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ނިންމަވާ ފާރިސް ވަނީ އިދާރީ ބައެއް މަސައްކަތްތައް ފައްޓަވާފަ އެވެ. އެގޮތުން ރެކޯޑު ސާފުކުރުން ފަދަ މަސައްކަތްތައް މިދިޔަ ހަފްތާ ފާރިސް ވަނީ ފައްޓަވާފަ އެވެ.
އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އެމްއާރުއެމް އުވާލިކަމުގައި ވިޔަސް އެ ޕާޓީން ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެމްއާރުއެމް އިން ބުނެ އެވެ.
އެމްއާރުއެމްގައި ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފަ އެވެ.
އެމައްސަލ އެމްއާރުއެމް ިއން ކޯޓަށްވެސް ހުށަހެޅި އެވެ.
އެމްއާރުއެމް އުވާލަން އީސީ އިން ނިންމި ނިންމުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކުރީ މެއި މަހުގެ 29 ވަނަ ދުވަހު އެވެ.