ހިމަބިހި ޖެހިފައިވާ މީހަކު މާލެއިން ފެނިއްޖެ އެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ, ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ މީހާ އަކީ ރާއްޖެއިން ބޭރުގައި އުޅުމަށްފަހު އައި ދިވެއްސެއް ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްވީ މިދިޔަ އަންގާރަ ދުވަހު މާލެ ސަރަހައްދުން ކަމަށް އެ އެޕްޕީއޭއިން ބުނެ އެވެ.
އެ މީހާއަކީ މީސަލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހެއް ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ ހިމަ ވިއްސަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމުން ބަލި އިތުރަށް ފެތުރިގެން ދިޔަ ނުދިނުމައްޓަކާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އަދި ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެއިދާރާއިން ބުނެ އެވެ.
ހިމަ ބިއްސަކީ ރާއްޖެއިން ނައްތާލާ ފައިވާ ކަމަށް ބުނާ ބައްޔެވެ.

ޑްރަގް ހުރި 63 ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފި
ރޯދަ މަލާފަތް: ރިހައާއެކު ކާން ކިރުފޮޅި ހަމަ އެއްވަނަ!
ރާއްޖެއަށް ތެޔޮ ހޯދަން އިންޑިއާގެ އެހީއަށް އެދެފި
