ބޭސްފަރުވާއަށް ސިންގަޕޫރުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސާޖަރީއެއް މިއަދު ހަދައިފި އެވެ.

މޯލްޑިވްސްތާޑްވޭ ޑިމޮކްރެޓްސް އިނ ބުނެފައިވަނީ މިއަދު އަދީބުގެ ޗެކަޕަކަށްފަހު މިހާރު އޮޕަރޭޝަނެއް ކުރަމުންދާކަމަށެވެ.

އެއީ ކޮންކަމަކާ ގުޅޭ އޮޕަރޭޝަނެއް ކަމެއް ހަމައެއް ނުކުރެ އެވެ.

އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވެފައި ވަނީ 2015 އިން ފެސީގެން 2018 އާއި ހަމައަށް ޖަލުގައި ބަންދުކޮށްފައި ހުރުމުން ކަމަށް އެމްޓީޑީ އިން ތުހުމަތު ކުރެއެވެ.

އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ ނުރައްކާތެރި ނާރުގެ ބައްޔަކަށް ބޭސްފަރުވާ ކުރެއްވުމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެމްޓީޑީގެ އޮފިޝަލް ވިދާޅެއްނުވެ އެވެ.

އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދިނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން މިމަހުގެ 12 ވަނަ ދުވަހު އެވެ. އޭރު ހުއްދަ ދިނީ 10 ދުވަހަށެވެ. އެމުއްދަތު މިމަހުގެ 23 ވަނަ ދުވަހަށް ހަމަވުމުން އަދީބުގެ ފަރަތުން ވަނީ މުއްދަތު އިތުރުކުރުމަށް އެދިވަޑައިގެންފަ އެވެ. ކަރެކްޝަންސް އިން ވަނީ އަދީބުގެ ބެސްފަރުވާގެ މުއްދަތު މިމަހުގެ 28 ވަނަ ދުވަހަށް އިތުރު ކޮޮށްދީފަ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ، 2 މިލިއަން ރުފިޔާއިން ޖޫރިމަނާގެ ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރު އެވެ. އެހެންނަމަވެސް ދައުލަތާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބު ހުންނަވަނީ ގޭބަންދުގަ އެވެ.