ރައްޔިތުންގެ މަޖިލީހުގެ ރ. އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި، މަރަން ހުކުމް ކޮށްފައިވާ ހުސައިން ހުމާމް އަހުމަދަށް މަރުގެ އަބަދު ދިނުމަސް ކޮށްފައިވާ ހުކުމް ރިވިއު ކުރަން އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިމައްސަލަ ބޭރުކޮށްލައިފި އެވެ.

ހުމާމު މެރުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ރިވިއު ކޮށްދިނުމަށް އެދި އެކޯޓަށް ހުށަހެޅި މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްތައް ރިވިއު ކުރަނީ ވަރަށް މަދު ހާލަތްތަކެއްގަ އެވެ.

ސުޕްރީމް ކޯޓުން އެމައްސަލަ ރިވިއު ނުކުރަން ނިންމާ މިހާރު ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުގެރޭ ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ އޭނާ ދިރިއުޅުއްވި ހ. ފުންވިލު ގޭގެ ސިޑިމަތިންނެވެ. އޭނާގެ ހަށިގަނޑުގެ އެކިތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވެ އެވެ.

އެ މައްސަލާގައި ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް 2016 ވަނަ އަހަރު ވަނީ ދަމަހައްޓައިފަ އެވެ.

ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން އިތުރު މީހެއްގެ މައްޗަށް ތުހުމަތު ކުރި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތު ނުވެގެން ވަނީ ދޫކޮށްލައިފަ އެވެ