ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުަށް ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ބައިވެރިވާ ކައުންސިލްގެ ކުއްލި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު 3:00 ގައި ޖޭޕީގެ މައި އޮފީސް މ. ކުނޫޒް ގަ އެވެ.

މިބައްދަލުވުމުގައި ރިޔާސީ އިންތިހަބާއި ގުޅޭގޮތުން ގާސިމްގެ ހުރި ކަންބޮޑުވުންތަކާއި އިންތިހާބާ ގުޅޭގޮތުން ގާސިމްގެ ވިސްނުން ހިއްސާ ކުރައްވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. ގާސިމްގެ ކެންޑިޑަސީ ވަރަށް އަވަހަށް ހުށަހަޅަނެ ކަމަށް އެޕާޓީން ބުނެ އެވެ. މިހާރު ވަނީ ގާސިމްގެ ރެކޯޑު ސާފު ކުރުމަށް ހުށަހަޅާފަ އެވެ.

ގާސިމް ކައުންސިލާއި އެކު ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާއިރު ސެޕްޓެންބަރު މަހު ބާއްވަ ރިޔާސީ އިންތިހާބަށް އިދިކޮޅު ހުރިހާ ޕާޓީތަކާއެކު މަޝްވަރާކޮށްގެން އެއް ކެނޑިޑޭޓެއް ނެރުމަށް ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އާއި ދަ ޑިމޮކްރެޓްސް އިން ވަނީ އެއްބަސްވެފަ އެވެ.

އެއްކެންޑިޑޭޓަކު ނެރުމުގެ ފޯމިއުލާއަށް ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އާއި ދަ ޑިމޮކްރެޓްސް އެއްބަސްވާ ކަމަށް ގާސިމް ވެސް ވަނީ ވިދާޅުވެފައެވެ.