ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ސްޕެޝަލް އެޑްވައިޒަރު މުހައްމަދު ޝިހާބު އާއި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި އެވެ.

ޝިހާބު ވަނީ ރައީސް ޞާލިހުގެ އެޑްވައިޒަރުގެ މަގާމުން މިދިޔަ މަހުގެ 2 ވަނަ ދުވަހު އިސްތިއުފާ ދެއްވާފަ އެވެ. ޝިހާބު އެ މަގާމަށް އައްޔަންކޮށްފައި ވަނީ އޮކްޓޯބަރު 15، 2019 ގަ އެވެ.

ޝިހާބު ވަނީ ރައީސް ޞާލިހުގެ އެޑްވައިޒަރުގެ މަގާމުން މިދިޔަ މަހުގެ 2 ވަނަ ދުވަހު އިސްތިއުފާ ދެއްވާފަ އެވެ. ޝިހާބު އެ މަގާމަށް އައްޔަންކޮށްފައި ވަނީ އޮކްޓޯބަރު 15، 2019 ގަ އެވެ.

ޝިހާބު މަގާމުން އިސްތިއުފާ ދެއްވި އިރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ރައީސް ކަމުން ދާދިފަހުން އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދާއެކުގަ އެވެ. އެގޮތުން ނަޝީދުގެ ފަރާތްޕުޅުން ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވަން މަންދޫބެއްގެ ގޮތުގައި މީގެކުރިން ޝިހާބު ދެ ފަހަރެއްގެ މަތިން ވަޑައިގެންފައިވެ އެވެ.

ނާޒިމް އާއި ޝިހާބު ޖޭޕީ އަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން:ފޮޓޯ ޖޭޕީ

ނާޒިމް ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަންވެސް ކުރައްވާފަ އެވެ. ނާޒިމް އަކީ ކުރީގެ ރައީސް ޔާމީންގެ ވަރަށް ގާތް ބޭފުޅެކެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދާއި އިތުރު ވިޔަފާރިވެރިންތަކެއް ވެސް މި ހަފްތާގައި ޖޭޕީ އަށް ސޮއި ކުރި އެވެ.