ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައެޅޭނެ ޖާގަ އެއް ނެތް ކަމަށް ދައުލަތުން ބުނެފި އެވެ.

ކުރީގެ ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކުރިލައްވައި ހުށަހެޅުއްވި ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ވަނީ ފަށައިފަ އެވެ. މި މައްސަލައިގެ އަޑުއެހުމަށް ސުޕްރީމް ކޯޓުގެ އެދުމުގެ މަތިން ބަންޑާރަ ނައިބުގެ އޮފީހުން ވެސް ވަނީ ތަދައްޚުލް ވެފަ އެވެ.

ދައުލަތުގެ ވަކީލް ކައުންސިލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ރަނގަޅަށް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ އެނިންމުން ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

https://www.youtube.com/watch?v=ePpY8IOhApY

ރައީސް ޔާމީންގެ ފަރާތުން އެ ފާހަގަ ކުރައްވާ 109 ވަނަ މާއްދާގައި ވެސް ސާފުކޮށް އެއީ މީހެއްގެ މައްޗަށް ކުށެއް ސާބިތުވެ، އޭނާގެ މައްޗަށް އަންނަ އަދަބު ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އެ މާއްދާގައި ނިހާއީ ހުކުމެއްގެ ވާހަކަ ބަޔާންކޮށްފައި ނުވާ ކަަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. އަދި 109 ވަނަ މާއްދާ މާނަ ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ވެސް ފާތިމަތު ވިދާޅުވި އެވެ.

"އެ މާއްދާގައި ބުނާ އުސޫލުތަކަށާ އެގާނޫނު އަސާސީގައި ބުނާ ހުކުމުގެ އާންމު މާނަ އަށް ބަލާއިރު އެއީ ރަނގަޅު މާނަ ކުރުމެއް ނޫން ކަމަށް އަޅުގަނޑޫމެން ގަބޫލު ކުރަނީ ގާނޫނު އަސާސީ މާނަ ކުރަނީ ރަނގަޅަކަށް ނޫން، ނިހާއީ ހުކުމެއްގަ އެމާއްދާ މާނަ ކުރަން ދޭން ޖެހޭ ގޮތަކަށް މިހާރު އޮތްގޮތަކުން އެއީ ނިހާއީ ހުކުމެއްގެ ގޮތުގަ މާނަ ކުރުމުގެ ޖާގަ އެއް ނެތް،" ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ކުރިޔަށް ގެންދާއިރު ފަނޑިޔާރުން އަޑުއައްސަވަނީ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އަލުން ކެންޑިޑަސީ ހުށަހެޅުމުގެ ފުރުސަތު ދިނުމަށާއި އެމަނިކުފާނަށް ވާދަނުކުރެވިއްޖެ ހާލަތެއްގައި ޕީޕީއެމް އިން އިތުރު ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު އަލުން ދިނުމަށް ރައީސް ޔާމީންގެ ފަރާތުން ވަނީ މިއަދު ކޯޓުގައި އެދިވަޑައިގެންފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަކީލް ވިދަޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ފޯމު ބަލައިނުގަންނަން ނިންމާފައިވާ ކަމަށާ ޕީޕީއެމްއަށް އެހެން ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.