ފޭސްބުކްގެ ބާނީ މާކް ޒަކަބާގްއާއި ސްޕޭސް އެކްސްގެ ވެރިޔާ އިލަން މަސްކްއާ ދެމެދު އޮންނާނެ ކަމަށް ބެލެވޭ "ރިންގް ފައިޓް"ގެ ކުރިމަތިލުމަށް އިންތިޒާރު ނުކުރާ ކަަމަށް ޒަކަބާގް ބުނެފި އެވެ.

ޒަކަބާގް ބުނީ އެ ކުރިމަތިލުން ބާއްވަން މިމަހުގެ 26 ވަނަ ދުވަސް މަސްކްއަށް ހުށައަޅާފައިވާނެ ކަމަށާއި އެހެން ނަމަވެސް އޭނާގެ ފަރާތުން އެއަށް ރައްދެއް ލިބިފައި ނުވާ ކަމަށެވެ.

އޭނާގެ އާ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ތުރެޑްސް"ގައި ކުރި ޕޯސްޓެއްގައި ޒަކަބާގް އިތުރަށް ބުނީއެ ެމީހުންގެ މެދުގައި ކުރިމަތިލުމެއް ހިނގާނަމަ އެ ކުރިމަތިލުން "އެކްސް" މެދުވެރިކޮށް ލައިވް ސްޓްރީމް ކުރަންވާނެ ކަމަށެވެ.

"ސަދަގާތްކުރާ ޕްލެޓްފޯމެއް މެދުވެރިކޮށް ކުރިމަތިލުން ލައިވް ސްޓްރީމް ކުރުން މާ ރަނގަޅުވާނެ" މަލާމާތުގެ ރާގަކަށް ޒަކަބާގް ބުނެފައިވެ އެވެ.

އެކްސް ނުވަތަ ކުރީގެ ގޮތުން ނަމަ ޓްވިޓާއަކީ އިލަން މަސްކް ގަތް ކުންފުންޏެކެވެ. އެއަށްފަހު އޭނާއާއި ޒަކަބާގްގެ ދެމެދުގައި ބޮޑު ވާދަވެރިކަމެއް ވަނީ އުފެދިފަ އެވެ.

އެ ވާދަވެރިކަމުގެ ދަށުން ޒަކަބާގް ވަނީ "ތްރެޑްސް"ގެ ނަމުގައި ޓްވިޓާއާ ދާދި އެއްގޮތަކަށް އިތުރު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް އުފައްދާފަ އެވެ.