ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެޖެންޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ކުރިމަތި ނުލެވޭ ގޮތަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން، ޕީޕީއެމް ކޯލިޝަނުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވަނީ ޑރ. މުއިއްޒު އެވެ.
ޕީޕީއެމް ކޯލިޝަންގެ އިސްބޭފުޅުންނާއި ސެނެޓްގެ މެމްބަރުންގެ ތާއީދު މުއިއްޒުއަށް ނެތް ކަމަށް އަޑުފެތުރިފައިވާތީ މުއިއްޒުއަށް ކޯލިޝަންގެ ތާއީދު އޮތް ކަން ދެއްކުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ ރިޔާސީ ޓިކެޓް ލިބުމާއެކު ރައީސް ސޯލިހު އަށް ގުޅުއްވާ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވަން އެދި އާދޭސް ދެންނެވި ކަމަށް ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން އާޒިމް ވިދާޅުވީ މުއިއްޒު އަކީ ސީދާ ރައީސް ސޯލިހު އެޖެންޓެއް ކަމަށެވެ. ކޯޓުތަކުގައި ހުރި މުއިއްޒުގެ މައްސަލަތައް ނަގައިދީގެން ރެކޯޑް ސާފުކޮށްދިނީ ސަރުކާރުން ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް އެ ވިދާޅުވަނީ ނޫމަޑި މައްސަލާގައި މުއިއްޒުގެ މައްޗަސް ކޮށްފައިވަ ދައުވާ އަބުރާ ގެންދިއުމަށް ދައުލަތުން ނިންމުމުންނެވެ.
މުއިއްޒު ރޭ ދެއްކެވި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިިޔަމުންނެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނެ ގޮތް ހެދުމަށް ޑރ. މުއިއްޒު ގެންދެވީ މާކުރިން ސަރުކާރާ މަޝްވަރާކުރަމުންކަން ދޭހަވާ ކަމަށެވެ.
ޕީޕީއެމް އިން އިންތިހާބު ބޮއި ކޮތް ކުރަން ރައީސް ޔާމީން އެންގެވުމުން ޕީޕީއެމް ޕީއެންސީ ސެނެޓް އިން ބޭއްވި ބައްދަލުވުމުގައި ވަނީ އިންތިހާބު ބޮއިކޮޓް ނުކުރަން ފަސްވެފަ އެވެ. އެކަމާ ގުޅިގެން އާޒިމް ވިދާޅުވީ ޕީޕީއެމް ގެ ސެނެޓް މުއިޒް ގަތީ ރައީސް ސޯލިހު ފައިސާ ދީގެން ކަމަށެވެ.
އަލީ އާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވީ މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލު މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު އެވެ.
ސުޖާއު ވިދާޅުވީ މިއީ އެއްވެސް އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި މުއިއްޒުގެ އަގު ވައްޓާލަން ކުރާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ އެޖެންޓެއް ކަމަށް އާޒިމް ވިދާޅުވި އިރު ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމް ކޯލިޝަން ގުޅިގެން ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ބަލި ކުރުމަށް ގިނަ މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވި އެވެ. އެހެން ނަމަވެސް 4 މަޝްވަރާއަށް ފަހު ހިޔާލު ތަފާތުވުން އުފެދި އެމަޝްވަރަތައް ވަނީ އެއްކޮށް ހުއްޓިފަ އެވެ.
ރައީސްގެ އެޖެންޓެއްނަމަ މުއިޒު މިހާރު ހުންނާނީ ރައީސްގެ ފަޅީގެ ދެކޮޅު ނުޖެހޭ ވާހަކަ ނުދައްކާ